ޚަބަރު ސިޔާސީ

ދަރިފުޅުގެ ތަނަވަސްކަމާއި ސަރުކާރާ ގުޅުވާތީ މާރިޔާ ކަންބޮޑުވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ

އިނގިރޭސިވިލާތުގެ ކޮލިފައިޑް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދަރިފުޅުގެ ތަނަވަސްކަމާއި މިސަރުކާރާ ގުޅުވާތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by STELCO

ރާއްޖޭގެ ނޫސްވެރިޔަކު މިނިސްޓަރު މާރިޔާއަށް ވައިބާ މެދުވެރިކޮށް ކުރެއްވި މެސެއްޖެއްގައި ވަނީ އައްފާން ނަމަކަށް ކިޔާ މާރިޔާގެ 40 އަހަރުގެ ދަރިފުޅު އިނގިރޭސިވިލާތުން 1.5 މިލިއަން ޕައުންޑުގެ ގެއެއް ބައްލަވައިގަތްކަން ކަށަވަރުކޮށްދެއްވުމަށް އެދިފައެވެ. އަދި އެ ގެ ބައްލަވައިގަތުމަށް ހަރަދު ކުރި ފައިސާއަކީ ކޮރަޕްޝަންގެ ފައިސާތޯ މިނިސްޓަރު އަރިހުގައި ނޫސްވެރިޔާ ވަނީ ސުވާލު ދަންނަވައިފައެވެ.

މިސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއް އުޅޭކަމަށް ޝައްކުވާ ނަމަ އެކަން އޭސީސީއަށް ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އައްފާނަކީ އުމުރުން 40 އަހަރު ފުރިފައިވާ އިނގިރޭސިވިލާތުގެ ކޮލިފައިޑް ވަކީލެއްކަމަށް ވެސް މާރިޔާ ވިދާޅުވެފައި ވެއެވެ.

މިމެސެޖުތައް ފެންނަ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން މާރިޔާ ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް މިފަދައިން ހަދާ ސުރުހީތަކާ މެދު ހިތާމަކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅަކީ އެމްޑީޕީ ހިމެނޭ ސަރުކާރުގެ ދައުލަތުގެ ވަޒީފާއެއް އަދާކުރި ނުވަތަ ކުރާ ކުއްޖެއް ނޫން. ފެށުނީއްސުރެ ރާއްޖެއިން ބޭރުގަ އަމިއްލަ މަސައްކަތް ކުރާ ކުއްޖެއް" މާރިޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ފަރާތްތަކުގެ އާއިލީ ބޭފުޅުން ރާއްޖެއިން ބޭރުންނާއި ރާއްޖެއިން ނުބައްދަލު އަގުގައި ތަނަވަސްކަން ހޯދާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދަރިކަލަކު ވެސް ދާދި ފަހުން ވަނީ އަމިއްލަ މޭކަޕް ބްރޭންޑެއް ތައާރަފުކޮށް އެވިޔަފާރި ފަށައިފައެވެ.

  1. ބޭބެ

    ކުރީގެބެންކެއްދަވާލިއޭކިޔަނީ ކޮންސަޓޯއެއްތަ؟
    ތިބުނާދަރިޔަކީ ކާކުގެދަރިއެއްތަ؟
    އެބުނާ ބެންކުދަވާލިއޭކިޔާ އިރު ބޮޑުމަންމަ އުޅެނީ ކާކާ އިނދެގެންބާ؟ ބޭނުން ވޭޖަވާބު؟

  2. ހިލަބެ

    ދޮގެއްވާނޫން އެހެންކިޔައިގެންނުވާނެ އެތަނަވަސްކަމަކީ ބަފާގެފަރާތުންވާރުތަވިތަނަވަސްކަމަކަށްވެދާނެ އރފަޕީއައިޑީ ފިލުވާލުމުގައި އެސޮތުގެބަފާގެ ޙިއްޞާއޮއްނަކަމަށްކިޔާ ….

  3. ލޮލް

    ތީހުސްވަގުން ތިބުނާސޮރުގެ ބައްޕަތޯ އެޕީއައިޑީ ލާރިގަޑުކާލި ސަޓޯއަކީ؟