ޚަބަރު ޝަރުޢީ ދާއިރާ

މާލޭ މީހުންގެ ބޯހިޔާވަހިކަމަށް ގުޅިފަޅު ހަމަޖެއްސުމަށް ކޯޓަށް މައްސަލަ ހުށަހަޅަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަން ބޭނުންކުރާ ރަށެއްގެ ގޮތުގައި ކ. ގުޅިފަޅު ހަމަޖައްސަން، ކޯޓަށް މައްސަލަ ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

Ads by STELCO

މި ސަރުކާރުން ދަނީ ގުޅިފަޅަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ބޮޑު މަޝްރޫއެއް ހިންގުމަށް ތައްޔާރު ވަމުންނެވެ. އަދި އެ މަޝްރޫއުއަށް ފަހު އެތަނުން 1244 ގޯތި ދިނުމަށް ވެސް ނިންމައިފައިވެއެވެ.

ނަމަވެސް މާލޭ ސިޓީ ކައުންސިލުން ބޭނުން ވަނީ، ވިޔަފާރި ބަނދަރު ތިލަފުށީގައި ގާއިމްކޮށް، ގުޅިފަޅުގައި މާލޭ ރަށްވެހިންނަށް ގޯތި ދޫކުރާށެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ، އެގޮތަށް އެކަން ހަމަޖައްސައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ސިޓީއެއް ވެސް ފޮނުވައިފައެވެ. ނަމަވެސް ސިޓީ ފޮނުވިތާ އަށް މަސް ވެގެން ދިޔައިރު ވެސް އެކަމަށް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށް ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވިއެވެ.

މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 37 ވަނަ ރަސްމީ އާންމު ޖަލްސާގައި މޭޔަރު މުއިއްޒު ވިދާޅުވީ ކައުންސިލަރުންގެ ރަސްމީ މަސައްކަތުގެ ދަށުން މާލޭގެ މީހުންގެ ގޭގެއަށް ޒިޔާރަތް ކުރުމުން، އެ މީހުން އުޅޭ ނިކަމެތި ހާލު ފެނިވަޑައިގެންނެވި ކަމަށެވެ.

"މާލޭ ރައްޔިތުންނާ ގުޅޭ އެހައި ހައްސާސް މައްސަލައެއްގައި ތަރުތީބު ރަނގަޅު ނޫން ކަމަށް އަޅުގަނޑުމެން ވާނީ ދަންނަވައިފައި ރައީސް އަރިހުގައި. މާލޭގެ ރައްޔިތުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުން ނޫނީ އެ އޮންނަ އުސޫލުގެ ދަށުން ތަރުތީބު ކޮށްދެއްވުމަށް. އޭގެ ޖަވާބެއް ނުލިބޭ،" ޑރ.މުއިއްޒު މިއަދު ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަަކަ ދައްކަވަމުން، ހުޅުމާލޭގެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް އެ ކައުންސިލުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.

Ads by HDC
  1. ވިކިލީކުސް

    ބޭކާރު އެނަރޖީ ވޭސްޓު ނުކުރުން އެދެން.

  2. ނާޗޫރު

    މިހާރު މާލެސިޓީ ކައުންސިލަކީ އުވާލަންޖެހޭ ތަނެއް ސަބަބުތައް ވަރަށްގިނަ މާލެ ކައުންސިލް ސިފަކުރަނީ ރައްޔަފުންނާއި ސަރުކާރު ޖައްސާ އަދި ފިތުނަ ފަސާދަ އުފައްދާ ތަނެއްގެ ގޮތުގައި އަޅުގަނޑު ސަރުކާރަށް ގޮވާލަން ގާނޫނައް އިސްލާހު ގެނެސް މާލެ ސިޓީ ކައުންސިލް އުވާލެދިނުމަށް

  3. މުޢީޒްވެފަ

    ސިިޓީ ކައުސިލަރު ހިންގަވާ ފިހާރަތަކެއްތޯ ނިލަންފިހާރަ މަގުގެ ދެފަރާތުގައި އެހިންގަނީ ސޯސަންމަގުގަ މޭޒުޖަހާ އެވިޔަފާރި ފަށަން ގަސްތުކުރަން ތިބޭނީ ހަމަ އޭތި ބޯކުދިން .