ޚަބަރު ސިޔާސީ

ބޭނުންވަނީ ގޮނޑިއެއް ނޫން، އިތުރު ފިކުރެއް މަޖިލީހަށް ނުވައްދަން: ހަސަން ލަތީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ގޮނޑި ކާމިޔާބު ކުރަން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއިން މަސައްކަތް ކުރަނީ، ކޮންމެހެން އިތުރު ގޮނޑިއެއް ބޭނުން ވެގެން ނޫން ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ވީޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން އެހައި ބޮޑު ކެންޕެއިނެއް ކުރައްވަމުން ގެންދަނީ އިތުރު ފިކުރެއް މަޖިލީހަށް ވައްދަން ބޭނުން ނުވާތީ ކަމަށާއި، އިދިކޮޅު ފިކުރަކީ ރައްޔިތުންނަށް ރަނގަޅު ފިކުރެއް ނޫން ކަމަށެވެ.

އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން މަޖިލީހުގެ އެމްޑީޕީ މެންބަރުން ކޮމަންޑޫ ދާއިރާއަށް ވަޑައިގެން މިހާރު ގެންދަވަނީ ވަރުގަދަ ކެންޕެއިނެއް ކުރައްވަމުންނެވެ. މިހެންވެ، އިދިކޮޅުގެ ބޮޑު ފާޑު ކިޔުމެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މިގޮތުން އެންމެ ގޮނޑިއެއް ހޯދަން ސަރުކާރުގެ މުޅި ފޯކަސް ހުއްޓުވައިލީ ކީއްވެގެންތޯ އިދިކޮޅުން ސުވާލު ކުރެއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުން އެދޭ ކަންތައް ރައްޔިތުންނަށް ކޮށްދޭ ބައެއް ކަމަށާއި މަޖިލީހަށް އެމްޑީޕީ މެންބަރުން ވަޑައިގަތީ އެޖެންޑާ-19 އާ އެކުގައި ކަމަށެވެ. އަދި އެ އެޖެންޑާގައި ރައްޔިތުން އެދޭ ގިނަ ކަންކަން އެބަހުރި ކަމަށާއި، މަޖިލިސްގެ ގޮނޑި ބޭނުންވަނީ އެކަންކަން ފުއްދައިދެން ކަމަށްވެސް ހަސަން ލަތީފް ވިދާޅުވއިެވެ.

"އަޅުގަނޑުމެންގެ ކެނޑިޑޭޓް ކޮމަންޑޫ ދާއިރާއަށް ހޮވަން މި އުޅެނީ މި ދެންނެވި ނިޒާމުގެ ތެރެއިން މިކަންކަން އިތުރަށް ކުރުމަށް ޓަކައި އަޅުގަނޑުމެން ބޭނުމެއް ނޫން ރައްޔިތުންގެ މަޖިލީހަށް އެހެން ފިކުރެއް ވައްދާކަށް" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ގޮނޑި ނުލިބުނު ނަމަވެސް 64 ގޮނޑިއެއް އަދި އޮންނާނެ ކަމަށާއި ނަަމަވެސް އިދިކޮޅު ފިކުރުގެ އެންމެ މީހެއް ވެސް އިތުުރަށް މަޖިލީހަށް ވައްދަން އެމްޑީޕީން ބޭނުން ނުވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، އިދިކޮޅުން މަސައްކަތް ކުރަނީ ރާއްޖެ މަރުކަޒުކޮށް، ރަށްތައް ފަޅުކޮށް، އެ ވިއްކުމަށް ކަމަށެވެ. އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނަކީ ރަށް ވިއްކުމުގެ ހިސްޓްރީއެއް އޮތް ބޭފުޅެއް ކަމަށް ހަސަން ވިދާޅުވއިެވެ.

ހަސަލް ލަތީފް ވިދާޅުވީ، އެޖެންޑާ-19އިން ރައްޔިތުންނަށްވި ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތަކެއް އެމްޑީޕީން ފުއްދައިފައިވާ ކަމަށެވެ. ނަމަވެސް ހުރިހައި ވައުދެއް ނުފުއްދޭ ކަމަށާއި ދައުުރުގައި އަދި ދުވަސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo
  1. ސަލީމު

    ހުރިހާ ޕާޓީ އެއް އުވާލާފަ މޑޕ މީހުން އެކަނި އުޅެން ވީނު

    • ށަވިޔަނި

      ރަނގަޅުވާހަކައެއް. އިންތިޚާބެއް ދުވަހަކު ނުބާއްވާ ގޮތަށް ފުލްމެޖޯރެޓީން ފާސްކޮށްފަ ބޮޑުބެގޮވައިގެން އުޅެލާ