ޚަބަރު ސިޔާސީ

ހަސަން ލަތީފް އެމްއާރުއެމްއަށް: ބަޔާނެއް ނެރެފައި ނިންމައިނުލާ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރުމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްއިން ޕާޓީތަކަށް ގޮވައިލުމުން، އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ރައްދު ދެއްވައިފިއެވެ.

Ads by STELCO

ރޭ ވީޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ތުހުމަތެއް ކުރައްވާ ނަމަ، ބަޔާނެއް ނެރުމަކުން ނިންމައިލުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"ތުހުމަތަކަށް ވިއްޔާ އެ ބޭފުޅުން، ޤާނޫނީ ގޮތުން ކުރައްވަން ހުރި ކަންކަން ކުރައްވާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ. އެ ގޮތަށް ނޫސްބަޔާނެއް ނެރުއްވައިފައި ތިއްބެވުން އެއީ ރަނގަޅު ކަމެއް ނޫން." ހަސަން ލަތީފް ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ސަރުކާރުގެ ކޯލިޝަނެއްގައި އެމްއާރުއެމް އޮތް އިރު، އެފަދަ ކަމެއްގައި އެމްޑީޕީއާ އެކު ވާހަކަ ދެކެވެންވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ ކޮންމެ މީހަކީ ވެސް ކޮންމެ އިރަކު ވެސް ގުޅޭ އަދި ބައްދަލު ކުރެވޭނެ މީހެއް ކަމަށާއި އެފަދަ ވާހަކަ އޮތް ނަމަ ހިއްސާ ކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

"ދެން"އިން ސުވާލު ކުރުމުން މީގެ ކުރިން އެމްއާރުއެމުން ވިދާޅުވީ، އެޕާޓީން އެދެނީ ރައްޔިތުން ބޭނުންވާ ގޮތަކަށް މި އިންތިހާބުގައި ވޯޓު ދިނުން ކަމަށާއި، ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރި ނަމަވެސް، އެޕާޓީ އޮތީ ސަރުކާރާ އެކުގައި ކަަމަށެވެ.

ރޭ ހަސަން ލަތީފްގެ ވާހަކަފުޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަމަލީ ގޮތުން ވަޑައިގެން ކެންޕެއިންގައި ބައިވެރިވެ ވަޑައިގެންވުމަކީ، މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ އިތުރު ޔަޤީން ކަމެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ، ޤާސިމް އިބްރާޙީމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތާއީދު އޮތް ބޭފުޅެއް ކަމަށެވެ.

އަދި ވިދާޅުވީ މި އިންތިޚާބުގައި އެމްޑީޕީއަށް ތާއީދު ކުރާ ޕާޓީތައް ކެންޕެއިންގެ ތެރެއިން ފެނިގެންދާނެ ކަމަށެވެ.

"ތާއީދު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރައްވަނީ. ދެން ތާއީދު ކުރަން ބޭނުން ނޫނިއްޔާ، އެހެން ނުބުނާނެ ގިނަ ފަހަރު، ދެން އެ ބޭފުޅުން ތިއްބަވާނީ ވަކިކޮޅަކަށް ނުޖެހި" ހަސަން ލަތީފް ވިދާޅުވިއެވެ.

Ads by Ooredoo
  1. ވިކިލީކުސް

    އެމްޑީޕީގެ ކޮންމެ މީހަކީވެސް ކޮންމެ އިރަކުވެސް ގުޅޭ އަދި ބައްދަލު ކުރެވޭނެ މީހެއް ކަމަށް ޗެއާޕާސަން ބުނި ބުނުމަކީ އިތުރުފުޅެެއ. 3 މަސްދުވަސް ވެގެންދިޔައިރު އިސްބޭފުޅަކާ ދިމާނުވެގެން މިއުޅެނީ. މިފަހުންގުޅީމަ ބުނީ ކެމްޕޭނުގަ ބިޒީ. މިދުވަސްވަރު ކމްޕޭނުކުރާ ދާއިރާގެ މީހުނާ އެކަނި ކަމަށްބަެްދަލުކުރެވޭނީ… މިހެންބުނަނީ ޕާޓީ އޮފީހަށް ގުޅީމަވެސް. އެހެންވީމަ ދޮގު ނަހަދާ

  2. ނުރަބޯ

    މައުމޫނު އެހެންބުނީމާ އިސްކޮޅުގައި 3 ފޫޓު ހަމަނުވާ ހަސަނަށް ހަޖަމެއް ނުވި. އެކަމަކު ބުރުމާ ގާސިމު އެމްޑީޕީ އަށް ތާއީދު ނުކޮށްފިއްޔާ އާސަންދަ އެއް ނުލިބޭނެޔޭ ކިޔައިގެން ކޮމަންޑޫ ދާއިރާގެ މީހުންނަށް ބިރުދެއްކީމާ އެކަމަށް ރައްދު ދޭކަށް ނޭނގުނު.

    • ރައްޔިތު މީހާ

      ބަރާބަރު ވާހަކައެއްތީ ނުރަބޯ ބުންޏަސް. ރައްޔިތު މީހާ އަށް ބިރުދައްކަން މަހުޖަނު ސޭޓު ވާހަކަ ދެއްކީމަ އެކަން ގޯހެއް ނުވި މި ހާސަން ލަތީފަކަށް. އެމްޑީޕީން ކޮށްފިއްޔާ ކޮންމެ ކަމެއްވެސް އޯކޭ. މިވެރިން ބޭނުންވާ ގޮތަކަށް އަމަލުން ހިންގާ ބަސްބުނާ މީހުން ވަނީ ހިދު ކަފަޔަށް. ނުދޭނަން އެމްޑީޕީ އަކަށް ވޯޓެއް. އިންޑިޔާ އައުޓް

  3. ކުޑަތޭ

    ތުހުމަތެއް ނުކުރެޔޭ ކޮޔާ. ނަސޭހަތެއް ދިނިއްޔޭ. ނަސޭހަތާ ތުހުމަތާ ވަކިކުރަން އެނގޭނެ އުސްތާޒު ނުކިޔަކަސް ގްރޭޑް 3 ގެ ކުދިންނަށްވެސް…

  4. ޟމިހިރަ ހަޔަކުދަލަތިފު މަުނޮ

  5. ހަސަންޓޭ ބުންޏަސް ގާސިމަކީ މިހާރަކު މީހުން ބަލައިގަން
    މީހެއްނޫނެވެ މޑޕ ގައި ލައްވެގެން އުޅޭގޮތް ދައްކަނީ
    މަކަރުންނެވެ އޭނާ މޑޕ އަށް ދާއީދެއް ނުކުރެއެވެ

  6. ށަވިޔަނި

    އަދިބުނާނެ ނެތޭ ނެތޭ. ތިމަންނާއެއް ނެތޭ. ނަޝީދުވާ ގަދަ ބޭނުން ގޮތަކަށް ޤައުމު މޮޑެލަނީ އެންމެން ތިބީ ނިގޫ ފިތިފަ ފުރަގަހުން ޖެހިޔަސް އައްދޮވެސް ނުކިޔާނެ