ޚަބަރު

ހަރަކާތްތެރި ވޭދަނަތަކުގެ އަދަދު 17,000އިން މައްޗަށް، އިތުރު ފިޔަވަޅެއް ނާޅާ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 2،510 މީހަކު ބައްޔަށް ފައްސިވެ، ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 17 ހާހުން މައްޗަށް އަރައިފިއެވެ.

Ads by Hajj Corporation

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ބަލި ޖެހުނު މީހުންނާ އެކު މިހައިތަނަށް ރާއްޖެއިން 112،535 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އަދި މިހާރު 17،777 މީހުން ދަނީ ބަލި ތަހަައްމަލު ކުރަމުންނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ މީހުން ބަލި ޖެހިފައި ވަނީ މާލޭ ސަރަހައްދުންނެވެ. މިގޮތުން މާލޭ ސަރަހައްދުން 1،203 މީހަކަށް ބަލި ޖެހިފައިވާއިރު، އަތޮޅު ތެރެއިން 788 މީހަކަށް ވަނީ ބަލި ޖެހިފައެވެ. ރިސޯޓްތަކުން ބަލި ޖެހިފައި ވަނީ 41 މީހަކަށެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 7،061 މީހަކު ވަނީ ޓެސްޓް ކޮށްފައެވެ.

ކޮވިޑް-19 ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް އެޗްޕީއޭއިން ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަޅައިފައެއް ނުވެއެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޕީއޭއަށް ދަނީ އަމާޒުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!