ދުނިޔެ

ލަންކާއިން ފެންނަ ކޮވިޑުގެ 95 އިންސައްތަ ވޭދަނައަކީ އޮމިކްރޮން

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީލަންކާއިން މިހާރު ފެންނަ ކޮވިޑް ވޭދަނަތަކުގެ 95 އިންސައްތައަކީ އޮމިކްރޮން ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.

Ads by Sosun Fihaara

ސްރީލަންކާގެ ޑިރެކްޓަރ އޮފް ހެލްތު ޕްރޮމޯޝަން ބިއުރޯ (އެޗްޕީބީ) ޑރ. ރަންޖީތު ބަތޫވަންތުދަވާ މިއަދު ބުނީ އެ ގައުމުގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ވެސް ގިނަ މީހުންނަށް ފަރުވާ ދެމުންދާ ކަމަށެވެ.

ޔޫއެސްޖޭއިން މިދިޔަ ހަފްތާގައި ނެރެފައިވާ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައި ވަނީ، ސީކުއެންސް ކުރެވިފައިވާ 78 ސުންކުގެ ތެރެއިން 75 ސުންކަކީ އޮމައިކްރޮން ކަމަށް ދެނެގަނެވިފައިވާ ކަމަށާއި ޑެލްޓާގެ ގޮތުގައި ހިމެނުނީ 3 ސުންކު ކަމަށެވެ.

ސްރީލަންކާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް-19ގެ ވޭދަނަތައް އަނެއްކާ ވެސް އިތުރުވަމުން އަންނައިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މީގެ އިތުރުން އޮކްސިޖަން ބޭނުންވާ ބަލި މީހުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!