ސިޔާސީ ގޮތުން ވަޒީފާއިން ވަކިކޮށްފި ނަމަ ކުރިން ހުރި މަޤާމަށް ވުރެ މަތީ މަޤާމެއް ދޭނަން: ރައީސް ޔާމީން
ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން މި ސަރުކާރުން ވަޒީފާއިން ވަކިކޮށްފި ނަމަ، ރައީސް ޔާމީންގެ ސަރުކާރެއްގައި އެ ވަޒީފާ އިއާދަ ކުރުމަށް ފަހު ހުރި މަޤާމަށް ވުރެ މަތީ މަޤާމެއް ދެއްވާނެ ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، އަންނަ މަހު ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ މާލޭގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކޮމަންޑުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. ޤާސިމްވަނީ އެމްޑީޕީއަށް ތާއީދު ނުކޮށްފިނަމަ އާސަންދައިން ޚަރަދު ނުކުރާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.
ރައީސް ޔާމީން ވިދާޅުވީ 2023ވަނަ އަހަރު އެމަނިކުފާނަށް ވެރިކަމަށް އާދެވިއްޖެ ނަމަ ވަޒީފާ ދޭނީ "ޕީޕީއެމް ކުދިންނަށް" ކަމަށެވެ.
"2023ގައި އަޅުގަނޑުމެންގެ ސަރުކާރެއް، ރައްޔިތުންގެ ކަންތައްތައް ކުރުމަށް ފަހިވެގެން ހިނގައްޖެ ނަމަ، ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށް ވިޔަސް އަދި މުއައްސަސާތަކުގެ ވަޒީފާތައް ކަމަށް ވިޔަސް، މި ތަންތަނަށް އަޅުގަނޑުމެން ނަގާނީ ޕީޕީއެމްގެ ކުދިން. އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާ އެކު މަސައްކަތްކުރާ މީހުންނަށް" ރައީސް ޔާމީން ވިދާޅުވއިެވެ.
ރައީސް ޔާމީން ވިދާޅުވީ މިހާރު ސިޔާސީ ގޮތުން މިހައި ބޮޑަށް ވާދަވެރި ކަމަކަށް ގޮސްފައިވާއިރު، އަދި އަނިޔާވެރިކޮށް މިއަދުގެ ސަރުކާރުން ކަންކަން ކުރަމުންދާއިރު، އެމީހުން މިނާ ނާޅިއަކުން މިނަން ޖެހޭ ކަމަށެވެ.
ޤާސިމްގެ ވާހަކަފުޅަށް އިތުރަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ފިކުރެއްގެ މީހަކަށް ވެސް އާސަންދަ ލިބެންޖެހޭނެ ކަމަށެވެ.
"އާސަންދަ ހިދުމަތް މަރޮށީގައި ހުންނަ ޕީޕީއެމް މީހާއަށް ވެސް ލިބެންވާނެ. ފޯކައިދޫގައި ހުންނަ އަދާލަތު މީހާއަށް ވެސް ލިބެންވާނެ. ކޮމަންޑޫގައި ޕާޓީއަކަށް ނުވަދެ ހުންނަ މީހާއަށް ވެސް އާސަންދައިގެ ހިދުމަތް ލިބެންވާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.
މަސްވެރިނަށްދިހަހާސްރުފިޔާދިންގޮތަށް
ބޭނުންކުރިނަމަ ލިބޭނެ
ދިހަހާސް ރުފިޔާއަށްވުރެ މާގިނައިން މަސްވެރިންނަށް ލިބެން ފެށީ ޔާމީނު ވެރިކަމާ ހަވާލުވި ހިސާބުން. އެހެންވެ ދިހަހާސް ރުފިޔާއަށް އެދި ހުށަނޭޅީ. ކަލެއަށް ކޯޗެއްތަ އެނގެނީ!
ލަދު ގަނޭބާ. ލަދު. މި ވެރިކަމުގައި ވަކި ކުރި މީހަކަށް 10 މީހުން މީގެ ކުރިން ވެސް ޔާމީނު ވަކި ކުރި. ރަށްރަށަށް ބަދަލުކޮށް ޖެއްސުން ކުރި
ނޫން ނޫން. ވަޒީފާ ތަކާ ލޯންތަކާ ފްލެޓް ތައްވޔާމީން ވެރިކަމުގައި ދިން %95 މީހުންނަކީ ރީނދޫ މީހުން. އަސްލު މައްސަލަ އަކީ ވަޒީފާއިން ވަކި ނުކުރާނަމޭ ބުނެ ވެރިކަމަށް އައިސް އޭރަށްވުރެ 12 ގުނަ އުތުރަށް ވަޒީފާއިން ވަކިކުރާތީ
އެހެންވެތަ ޔާމީނުގެ ޕާސަނަލް ސެކެޓްރީއަކަށް ސުލޯލިހުގެ އެއްބަނޑު ކޮއްކޮ ފަހުދުވަހާ ޖެހެންދެން ހުރީ. ބުއްދި ފަސްވެފަ އެކަންޏެއް ނޫން ދެލޯވެސް ކަނު ބީތާތަކެއް. އެއަންހެންމީހާ ކަހަލަ ކިތައް އެތި އޭރު ސަރުކާރުތެރޭ ބައިތިއްބާފަ ތިބީ. މަ އޭރު ހާދަ ރުޅިއެއް އާދެއޭ އެކަމާ. ދެން އެހެން ހެދިޔަކަ ނުދޭނަމު. ރީނދޫ ގުންޑާއިން ބާކީ ކޮށްލަން ޖެހޭނީ. އެނގިއްޖެތަ ލަދުކުޑޭ.
ޔާމީނުގެ ވެރިކަމުގަ ވަޒީފާއިން ކަނޑާލި މީހުންނަށްވެސް ލިބޭނެތޯ
ޔާމީނުކަލޭހަޔާއްނުގޮވާގޭގަމަޑުންއޮވެބަލަކަލޭކިތައްމީހުންވަޒީފާއިވަކިކުރީކިތަންއާއިލާބިކަކުރީތީހަބޮމުޖުރިމެއް
އެހެނެއް ނޫން ބުނީ މަންމަނާ! ބުނީ ހުރި ވަޒީފާއާ އެއްވަރު ނޫނީ އެއަށްވުރެ މަތީ ވަޒީފާއެއް ކަމަށް.
ސަރުކާރު ވަޒީފާގަ ތިބި މީހުންނަށް ބިރުދައްކާ، ވަޒީފާއިން ކަނޑަމުން ދުވީ، ދެންވެސް ކަލެއަށް ވެރިކަން ލިބިއްޖާ އެހާލު ޖައްސާނެ ނިކަމެތި ރައްޔިތުންނަށް
ބަލަ !! މިތާ އެމް ޑީ ޕީ ވިސްނުމުގައި ކޮމެންޓްކޮށްފަ ތިބި މީހުންގެ ވިސްނުމުގެ ކޮށިކަމާއި، ދީނާއި ގައުމިއްޔަތަށްވުރެ ތިމާމެންގެ ޕާޓީ ހިނގަން ތިބި ތާކުން ތާކު ނުޖެހޭ މީހުން ގައުމަށް ޢައްދާރުވެ ކުރި ހުވައާއި އެއްގޮތަށް ވަކި ޕާޓީއަކަށް ނުބަލާ ހުރިހާ ގާބިލް މީހުންނަށް ވަޒީފާ ނުދޭ ކަމީ ފެންނަން އޮތް ހަގީގަތް. މިސރުކާރުން ގައުމަށް ގެނައި ކުރިއެރުމެއް ނެތް. ޜައްޔަތު މީހާގެ ދިރިއުމަށް ގެނައި ފަސޭހައެއްނެތް. ގާނުން އޮތް ތަނެއްނޭގޭ !! މިނިވަން މުއައްސަސާ ތައް ވީ ތަބެއްނޭގޭ!!ގައުމް އިންތިހާ އަށް ދަރަނިވެރިވަނީ!! ޕާޓީ މީހުން ލިބޭ އތިކޮޅުގެ ދަހިވެތި ކަމުގައި އެމީހަކާއި، އެމީހަކު!!! ޢެހެން ގައުމެއްގެ ބަޔަކު އަހަރެމެންނަށް އަމުރު ކުރާ ހިސާބުގައި!! މިއީ ތަ އެމް ޑީ ޕީ މީހުންތައް ގެންނަ ތަރައްގީ އަކީި!!!