ސިޔާސީ

މަޖިލިސް އިންތިހާބުގައި ޕީޕީއެމްއާ އެކު އެއްވެސް އެއްބަސްވުމެއް ހަދައިފައެއް ނުވާނެ: ޖޭޕީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

2019ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއިން، އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ އެކު އެއްވެސް ކަހަލަ އެއްބަސްވުމެއް ހަދައިފައި ނުވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Sosun Fihaara

މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ރޭ ވިދާޅުވީ، އެމްޑީޕީއަށް އެހައި ބޮޑު މެޖޯރިޓީއެއް ލިބުނީ އެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށް ގޮނޑިތަކެއް ދޫކޮށް، އެ ދާއިރާއަށް ޕީޕީއެމްއިން ވާދަ ނުކުރުމުން ކަމަށެވެ.

"ޖުމްހޫރީ ޕާޓީއަށް ގޮނޑިތަކެއް ދޫކޮށްލި ނަމަވެސް ރައްޔިތުން ނިންމީ ޕީޕީއެމް އިން އަދި ބުނި ނަމަވެސް ތިމަންނަމެންގެ ވޯޓު ޖުމްހޫރީ ޕާޓީގެ މެންބަރުންނަކަށް ނުދޭނަމޭ. އެ ނުދިން ނުދިނުމުގެ ނަތީޖާއަކަށްވީ އެމްޑީޕީއަށް އެހައި ބޮޑު މެޖޯރިޓީއެއް ލިބިގެން ދިއުން" ރައީސް ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ގޮނޑިތައް ދޫކޮށްލީ މަޖުބޫރީ ހާލަތުގައި ހުރެގެން ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅިގެން "ދެން"އިން ސުވާލު ކުރުމުން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީޕީއެމްއާ އެކު އެއްވެސް އެއްބަސްވުމެއް ހަދައިފައި ނުވާނެ ކަމަށެވެ.

"ރައީސް ޔާމީން ތެދެއް ހައްދަވާނެތަ؟" އަލީ ސޯލިހު އެއްސެވިއެވެ.

 

ޢަލީ ޞާލިޙް އެހެން ވިދާޅުވި ނަމަވެސް ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ޕީޕީއެމްއާއި ޖޭޕީ މަސައްކަތް ކުރީ އެކީގައެވެ. އެގޮތުން ޕީޕީއެމްގެ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާތަކުގައި ވެސް ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގެން ، ޖަލުގައި އޭރު ހުންނެވި ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ވެސް ސަރުކާރަށް ގޮވައިލައްވައިފައި ވެއެވެ.

މާލޭގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ރޭ ވިދާޅުވީ، ޕީޕީއެމްގެ ލީޑަރު ކަމުގައި އެމަނިކުފާނު ހުންނެވިހައި ހިނދަކު، އެހެން ޕާޓީއާ އެކު ކޯލިޝަނެއް ހެދިޔަސް، މަޖިލީހުގެ ގޮނޑިތައް އެހެން ޕާޓީއަކަށް ދޫނުކުރާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!