އެމްޑީޕީން އުޅުނީ މަހާޖައްރާފު ކަނޑުފައްތަން ކަމަށް ތުހުމަތު ކޮށްފި

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން އުޅުނީ އެމްޓީސީސީގެ ކޮންނަ ބޯޓު "މަހާޖައްރާފު" ކަނޑު ފައްތައިލާން ކަމަށް މި ސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ތުހުމަތު ކުރައްވައިފިއެވެ.
ދެ ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއުއަށް ބޭނުން ކުރާ މަހާޖައްރާފު، ށ.ކޮމަންޑޫގައި ބަނދަރުކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ފޭސްބުކްގައި ހިއްސާ ކުރައްވައި، މަލީހު ވިދާޅުވީ އެމްޑީޕީން އުޅުނީ އެ އުޅަނދު ވެސް ކަނޑު ފައްތަން ކަމަށާއި، އެ ޕާޓީއަކީ "ފަނާކުރާ" ފިކުރުގެ ޕާޓީ ކަމަށެވެ.
އެހެންކަމުން އަންނަ މަހުގެ 05ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓު ދިނުން އެންމެ އެދެވިގެން ވަނީ ޕީޕީއެމްއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަލީހު ވަނީ މަހާޖައްރާފު ބޭނުންކޮށްގެން ހިންގާ މަޝްރޫއުތަކުގެ ކްރެޑިޓް ލިބެން ޖެހޭނީ އިދިކޮޅު އިއްތިހާދުގެ ލީޑަރު، ރައީސް ޔާމީންއަށާއި، ޕީޕީއެމްއަށް ކަމަށް ވެސް ވިދާޅުވެފައެވެ.

ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީޙް
ދެ ކޮމަންޑޫ ގުޅުވައިލުމުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ 14ވަނަ ދުވަހުއެެވެ. އެ މަޝްރޫއު އިއުލާނު ކޮށްފައި ވަނީ، އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައެވެ.
މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގާ މަޝްރޫއުއެއް ކަމަށް ބުނެ، މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފައެވެ. މި މައްސަލަ އޭސީސީއަށް ހުށަހެޅީ މިމަހުގެ 19ވަނަ ދުވަހުއެވެ.
ބަލަ މަހާޖައްރާފު ގަންނަނަ، ބުރިޖު އަޅަން، 25 ބުރި އިމާރާރާތް އަޅަން ފައިސާ ލިބުނީ އެމްޑީޕީން ގެނައި އިގުތިސާދީ ސިޔާސަތުނޭ.
ތިޔަ ބުނީ މުލިވަގު ވާހަކަ ދޯ؟
މަލީހުއަށްތާ އެނގޭނީ މި އަނިޔާވެރި ސަރުކާރުގެ ނުބައި ނުލަފާ ރޭވުންތައް ވެސް ސަރުކާރުގެ މިނިސްޓަރަކަށް ހުރި އިރު ހާދަ ކަމެއް އެނގިފާ އޮންނާނެތާ.
މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގާ މަޝްރޫއުއެއް މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ ހުށަހަޅާފަ.