ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭގައި މިރޭ ހަވާ އަރުވާން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ވިދާޅުވެއްޖެެވެ.
އެ އިދާރާއިން ބުނީ މިރޭ 9 ޖަހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އަރުވަނީ އަމިއްލަ ފަރާތަކުން އެދިގެން ކަމަށާއި ފަސް މިނެޓް ވާންދެން ހަވާ އަރުވާނެ ކަމަށެވެ. އައު އަހަރު ފާހަގަކުރުމުގެ ގޮތުން ވެސް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހަވާ އެރުވުން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
އެނގިފައިވާ ގޮތުގަައި ހަވާ އަރުވަނީ ޗައިނީސް ނިއު އިއާ ފާހަގަކުރުމުގެ ގޮތުންނެވެ.