ޚަބަރު ސިޔާސީ

ރައްޔިތުންނަށް ކަމެއް ކޮށްދިނުން އެއީ ކޮރަޕްޝަނެއް ނޫން، ތަޙްޤީޤް ހިންގަވާ: ސައީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފެނަކަ އެމްޑީ ސައީދު..ފޮޓޯ/އެމްޑީޕީ

މި ސަރުކާރުން ރައްޔިތުންނަށް ކަންތައްކޮށްދޭނެ ކަމަށާއި، ސަރުކާރުން ކަމެއް ކޮށްދިނުމަކީ ކޮރަޕްޝަނޭ ކިޔަސް، ޤާނޫނުގެ ތަރަހައިގެ ތެރެއިން ރައްޔިތުންނަށް ކޮށްދެންޖެހޭ ކަންކަން ކޮށްދިނުމުގައި ސަރުކާރުން ފަސް ނުޖެހޭކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮމަންޑޫ ދާއިރާގެ އިންތިޚާބަށް އެމްޑީޕީން ވާދަ ކުރާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، މިހާރު ވެސް ރައްޔިތުންނަށް ކޮށްދެވޭ ކަންކަން މަދު ކަމަށާއި އަދި ރައްޔިތުންނަށް ކަންތައްކޮށްދިނުމުގައި އަބަދުވެސް ދެމި ހުންނާނެ ކަމަށެވެ.

އަދި ނިޒާމުގެ ތެރެއިން އަބަދުވެސް ރައްޔިތުންނަށް ޚިދުމަތް ދޭނެ ކަމަށާއި މައްސަލަ ބަލާ ނަމަ އެކަން ކުރުމަށް ސައީދު ގޮވައިލެއްވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ކަމެއް ކޮށްދިނީމާ، އެއީ ބޮޑު ކަރަޕްޝަނެއް. އެއީ ކޮށްދެވިގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް ނިސްބަތްކޮށް، ތަފާތު އެކި މަރުހަލާތަކުގައި، ކޮމަންޑުއަށް މިވެނި ކަމެއް ކޮށްފިއޭ، ފޯކައިދުއަށް މިވެނި ކަމެއް ކޮށްފިއޭ. އަޅުގަނޑު ހަމަ ވަރަށް ފަޚްރުވެރިކަމާ އެކު، ކެރިހުރެ ދަންނަވަން، ބައްލަވަން ޖެހޭ ފަރާތްތަކުން ބައްލަވާ ކުރިޔަށް ގެންދަވަންވީ، ތަޙްޤީޤް ހިންގަންވީ އެ އިދާރާތައްވެސް ހަރުދަނާކޮށް، މިނިވަން ދިނީ މި ސަރުކާރުން" ސައީދު ވިދާޅުވިއެވެ.

ދާއިރާގެ އިންތިޚާބާ ދިމާކޮށް، ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ދޭ ކަމަށް އިންތިޚާބުގައި ވާދަ ކުރާ އަނެއް ދެ ޕާޓީން ތުހުމަތު ކުރެއެވެ. އަދި ސައީދު މެނޭޖަރަކަށް ހުންނަވާ ފެނަކައިން ގިނަ އަދަދެއްގެ ވަޒީފާ އިންތިޚާބާ ދިމާކޮށް އުފައްދާފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

މީގެ އިތުރުން އިންތިޚާބާ ދިމާކޮށް، ކޮމަންޑޫގައި ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގާތީ އިދިކޮޅުން ވަނީ އޭސީސީއަށް މައްސަލަވެސް ހުށަހަޅައިފައެވެ. އެހެން ނަމަވެސް އޭސީސީގެ މެންބަރުން އިސްތިފާ ދިނުމާ ގުޅިގެން އެ މައްސަލަ އޮތީ ނުބެލިއެވެ.

ސައީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިހާރު މަޖިލީހުގައި އޮތް، އެމްޑީޕީގެ މެޖޯރިޓީއާ އެކު ނުކުރެވޭނެ ކަމެއް ނެތް ކަމަށެވެ. މި ވަގުތު އެމްޑީޕީގެ 64 މެންބަރުން މަޖިލީހުގައި އެބަ ތިއްބެވިއެވެ.

ސައީދު ވިދާޅުވީ، މި ގޮނޑި ހޯދަން ސަރުކާރުން މަސައްކަތް ކުރަނީ، އިޚްލާސްތެރި، އޯގާތެރި ހިތަކާ އެކު މަސައްކަތްކޮށްދޭ މީހެއް މަޖިލީހަށް ވެއްދުމަށް ކަމަށެވެ.

"އެމްޑީޕީއިން މިވަގުތަކު ނޫޅޭ އެމްޑީޕީ މަޖިލިސް މީހަކަށް ގޮނޑިއެއް ނުލިބިގެނެއް. އެމްޑީޕީ މިއަދު ކުރާ މަސައްކަތަކީ، އަދުގެ ސަރުކާރުން ކުރާ މަސައްކަތަކީ، ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ހެވާލާބައާ ހުރި، ވިސްނުން ހުރި ބަޔަކު މަޖިލިސް ތެރެއަށް ވެއްދުން." ސައީދު ވިދާޅުވީ، އެމްޑީޕީގެ ފިކުރާ މުޅިން އިދިކީލަ ފިކުރެއް ވެއްދުމަކީ މަޖިލީހަށް ވެސް ހުތުރު ކަމެއް ކަމަށެވެ.

ސަޢީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއަދު ޕީޕީއެމްއަށް ތާއީދުު ކުރާ ފަރާތްތަކުން އެޕާޓީއަށް ތާއީދު ކުރައްވަނީ މަޖުބޫރީ ހާލަތެއް މެދުވެރިގެން ކަމަށެވެ. އަދި އެ މަޖުބޫރީ ހާލަތަކީ ކުރިން ބުނެވުނު ބަހެއްގައި ހިފައިގެން ގޮތް ދޫ ނުކުރުން ކަމަށާއި އެއީ ބޯދާ ވިސްނުމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ޕީޕީއެމް މެންބަރުންނަށް ވެސް މިހާރު ހިލޭ ބޭސްކުރެވޭކަން، ހިލޭ ޑިގްރީ ހެދޭކަން ،މިނިމަމްވޭޖް މުސާރަ ގެޔަށް ވަންކަން އެނގޭ ކަމަށެވެ. އަދި ޕީޕީއެމް މެންބަރުން ވެސް އެމްޑީޕީއަށް ވޯޓް ދިނުމަށް ސައީދު ގޮވައިލެއްވިއެވެ.

  1. މި ސަރުކާރުންް އެއްވެސްް ކުށެއްނެތްް މައުސޫމުު ޚިދްމަތްތެރިންް ގެެ އަގުު ވައްޓާލާާ ނުހަގުންް ދައުވާާ ކުރަނީީ އެމީހުންް ތެދުވެރިކަމާއެކުު ޚިދްމަތުގައިި އުމުރުު ހުސްކޮށްލީމަތޯޯ؟

  2. ކޮރަޕްޝަން އެއީ ސިޔާސީ މީހުން ދަންނަ އެއްޗެއްވެސް ނޫން، އެމީހުން ރިޝްވަތުގެ ކަންކަން ނުކުރާނެ ރައްޔިތުންނަށް ހަދިޔާ ދެނީ ކޮންމެސް ކެމްޕޭން ދުވަސްވަރި ވޯޓް ހޯދަން !

  3. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް މިއުޅެނީ ސިޔާސީން ނަށް ހެދިގެން !