ޚަބަރު ސަރުކާރު

މިއަދު ބޭއްވުމަށް ތާވަލުކުރި އާޒިމާގެ ޝަރީއަތް ކެންސަލްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
އާޒިމާ ޝަކޫރް/ ފޮޓޯ: ރާއްޖެއެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދައުވާގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމަށް ފަހު އަޑުއެހުން ކެންސަލް ކޮށްފިއެވެ.

Ads by Hajj Corporation

އާޒިމާގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. އާޒިމާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފައި ވަނީ 2019ވަނަ އަހަރުގެ ފެބްރުއަރީ 17ވަނަ ދުވަހުއެވެ.

އާޒިމާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަމުން އަންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވައިފައި ވަނީ 2020ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20ވަނަ ދުވަހުގައެވެ.

އާޒިމާގެ މައްޗަށް މި ދައުވާތައް ކުރާއިރު، މަނީ ލޯންޑްރިންގެ ކުށުގައި ދައުލަތުން ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމްކޯޓުން ވަނީ ބާތިލްކޮށްފައެވެ.

Ads by Ooredoo
  1. މުހަންމަދު ހަލީމް

    ދިގު ދަންމަނީ ހަމަ އަނިޔާ ވެރި ކަމުން. ޔަގީން ކަމެއްނެތީމާ ކޭސް ބާއްވަނީ. މިއޮތްގެން ދައުރު ނިމެނީ. ކޮށްފައި ނުކުރާނެ ކަމަެއް ނޭގިގެން ތެޅި މަރުވަނީ. މިހާރު ގެ ޓްރެެންޑަކީ ކޮންމެވެސް އިދިކޮޅު މީހެއްގެ މައްސަލަ ބަލާ އަޑު އަރުވާފައި ކެންސަލް ކޮށްލަނީ. މީ ރައްޔިތުން ލޮލުގައި އަނދުން އަޅުވަން ކުރާ ކަމެއް. ޖުޑިޝަރީ މިނިވަންވެފައިވާ ކަން ދެއްކުމާ އަދި މައްސަލަ ތައް ބަލާވަރު އޮޅުވާލުމަށް. މުޅިންވެސް އޮޅުވާލުން. ރީއްޗަަކަށް ނިމިގެންދާނެ.