ޚަބަރު

އަދުރޭގެ ހިސާބުތަކުން ބޮޑު ތަފާތަކުން ފަތުޙީ އިންތިޚާބު ކާމިޔާބުކުރޭ: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުޙީ ބޮޑު ތަފާތަކުން ކާމިޔާބު ކުރާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ހިސާބުތަކުން ދައްކާ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އިންތިޚާބުގެ ވޯޓުލުމަށް 3 ދުވަހަށް ކައިރިވެފައި ވަނިކޮށް ޝިޔާމް ވިދާޅުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ހިސާބުތަކުން ބޮޑު ތަނުން މި އިންތިޚާބު ކާމިޔާބު ކުރައްވަނީ ފަތުޙީއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީހެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު ފެބްރުއަރީ މަހުގެ 5ވަނަ ދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3،309 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

Ads by Allied Insurance
  1. ސަރީފް

    ތިކަންތިނިމުނީ ވަރިހަމަވޯޓްފޮށިގުނަންއިންޑިއާއައްގެންދިޔަސް

  2. ސިޔާމް

    ސުއްބޫހުން، މެތްސް ޓީޗާރ އެންމެފަހުން ހެދި ހިސާބުވެސް ވަރަށް ވައިރަލްވި. 4×50=200000

  3. އަލަމާރި

    ސިޔާމޫ، ކިހާބޮޑު ..އެއް މިޔޯ.