އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް އަނެއްކާ ވެސް މާޒިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ބްރޭންޑް އެމްބެސެޑަރުކަން ތިންވަނަ އަހަރަށް މިއަދު އައުކޮށްފިއެވެ.

Ads by STELCO

އުރީދޫ މޯލްޑިވްސްއިން ބުނީ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފުޓުބޯޅަ ކުރިއެރުވުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހުނަރު ބިނާކުރުމާއި އަދި ފުޓުބޯޅައިގެ ފޯރި ދިރުވައި އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަން ރާވައިފައިވާ ކަަމަށެވެ.

1996ވަނަ އަހަރު އުފެއްދި މާޒިޔާ ކްލަބުން ވަނީ ފާއިތުވި އަހަރުތަކުގައި ފާހަގަކުރެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. މީގެ ތެރޭގައި ދިވެހި ޕްރިމިއާ ލީގު (2016), (2019-2020) އަދި (2020-2021)ގެ ސީޒަން ކާމިޔާބުކުރުން ހިމެނެއެވެ. މީގެ އިތުރުން 201 ވަނަ އަހަރު ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އިވެންޓް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދީ މާޒިޔާއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫއިން ގެންދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި 13ވަނަ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ ވެސް އުރީދޫ މޯލްޑިވްސްއެވެ.

2015ވަނަ އަހަރު އެ ކްލަބުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ފުޓްބޯޅަކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް ތަޖުރިބާކާރު ޓްރެއިނަރުން ހިމެނޭގޮތަށް މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކަޑަމީ އިފްތިތާހުކޮށްފައެވެ. އުރީދޫ އާ އެކު ކުރިއަށްގެންދާ މި ޕާޓްނަރޝިޕްގެ ދަށުން ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވުމަށް އެދޭ ޒުވާނުންނަށް އައު ފުރުސަތުތަކެއް ހޯދައިދިނުމަށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ފުޓްބޯލް އެކަޑަމީ ގުޅިގެން މަސައްކަތް ކުރާނެއެވެ.

އުރީދޫ މޯލްޑިވްސްގެޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ ކުޅިވަރުގައި ބައިވެރިވުމަކީ އިތުބާރު ބޮޑުވެ، ދިރިއުޅުމުގައި ފޯކަސްއެއް ގާއިމް ކުރެވި، ކުރާ ކޮންމެ ކަމެއްގައި ވެސް ރަނގަޅު އަހުލާގީ މިންގަނޑުތަކެއް ހިފެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި ފެށުނީއްސުރެ ވެސް ފުޓްބޯޅައަކީ ދިވެހިންގެ އިތުރުން އުރީދޫއާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކުޅިވަރެއް ކަމަށާއި މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާ އެކު މިއޮތް ޕާޓްނަރޝިޕްގެ ތެރެއިން، ޒުވާން ފުޓްބޯޅަކުޅުންތެރިންގެ ކާމިޔާބީއަށް މަގުފަހިވާނެ ގޮތަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ޗެއާމަން އަހުމަދު ސާޖިދު ވިދާޅުވީ އުރީދޫ މޯލްޑިވްސްއިން އަނެއްކާ ވެސް އެ ކްލަބުގެ މެއިން ސްޕޮންސަރއެއް ގޮތުގައި ދެމިތިބުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި މި ޕާޓްނަރޝިޕްއާ އެކު މުޖުތަމައުތަކަށް މަންފާކުރަނިވި މަސައްކަތްތަކެއް އުރީދޫ މޯލްޑިވްސްއާއ އެކު ކުރިއަަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.

ފެށުނީއްސުރެ ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ޒުވާނުންގެ އެންގޭޖްމަންޓް ޕްރޮގްރާމްތަކުގެ ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫއިން ވަނީ ބޮޑުއެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ރާއްޖޭގައި ހޯސްޓްކުރި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13ވަނަ އެޑިޝަންގެ ފަޚުރުވެރި ޓައިޓަލް ސްޕޮންސަރަކީ ވެސް އުރީދޫ މޯލްޑިވްސްއެވެ.

ޓައިޓަލް ސްޕޮންސަރގެ ހައިސިއްޔަތުން އުރީދޫއިން ވަނީ 2021ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!