މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި ކަަމަށާއި، އެ މުއްދަތުގެ ތެރޭގައި 1.3 ޓަނަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން އިއްވަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގެ ފުލުހުންނާއި، ކަސްޓަމްސްއާއި ކަމާ ގުޅޭ މުއައްސަސާތަކުން އެންމެ ބޮޑު ކާމިޔާބެއް ހޯދީ މިދިޔަ ތިން އަހަރު ކަމަށެވެ. އެގޮތުން ތަފާތު 330 އޮޕަރޭޝަނަކުން، ޖުމްލަ 1.3 ޓަނަށް ވުރެ ގިނަ ޑްރަގް ވަނީ އަތުލައިގެންފައި ކަމަށާއި، މިތަކެތީގެ މަގުމަތީ އަގު، 1.2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19ގެ ހާލަތާއެކު މަސްތުވާތަކެތީގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.
"މަސްތުވާތަކެއްޗަކީ އޭގައި ވަރަށް ބޮޑު ފަހަތެއް އޮންނަ، އިންތިޒާމުވެ ގުޅިގެން ހިންގާ ބައިނަލްއަގްވާމީ ބޮޑު ވިޔަފާރިއެއް. އެދޮރުތައް ބަންދުކޮށް، އެ ވިޔަފާރި ހުއްޓުވުމަކީ އިންތިހާއަށް ގޮންޖެހުން ބޮޑުކަމެއް. އެހެން ނަމަވެސް ދޫވެފައި ހުރި ގޮށްތައް ބާރުކޮށް، ހުޅުވާ ދޮރުތައް ބަންދުކޮށް، އެމީހުން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހު ވިދާޅުވީ މިކަމާ ބެހޭ ޓާސްކް ފޯސް އެކުލަވައިލެވި، ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި މި ގެނެވުނު ބަދަލުގެ ހެޔޮ ނަތީޖާ ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މިކަމަށް ހާއްސަ، ހުޅުމާލެ ހާފްވޭ ހައުސްގެ އުމްރާނީ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އަދި ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރަން ވެސް ވަނީ ފެށިފައި. މި ދެބައި ފުރިހަމަ ވުމުން، މަގުމަތި ވެފައިވާ ފަރާތްތަކުގެ މައްސަލަތަކަށް ލުއި ލިބެން ފަށާނެ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މަސްތުވުމާއި، މަސްތުވާތަކެތި ފޯރުކޮށްދިނުމުގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންގެ ފަރުވާގެ ރިމާންޑް ސެންޓަރެއް ގުޅިފަޅުގައި ހިނގަމުން އަންނަ ކަމަށެވެ. އަދި ޑްރަގާ ގުޅުން ހުރި ކުށްތަކާ، ފަރުވާ ބޭނުންވާ ފަރާތްތައް ގިނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކި ސަރަހައްދުތަކުގެ ފަރުވާގެ މަރުކަޒުތައް އަލުން ފެށިފައިވާ ކަމަށެވެ.
"އެއާއެކު ރަށު ކައުންސިލާ ސިއްހީ މަރުކަޒުގެ ބެލުމުގެ ދަށުން، ރަށުގައި ހުރެގެން ފަރުވާ ހޯދޭނެ ބަދަލެއް ވެސް މިއަހަރު އޭޕްރީލްގެ ކުރިން ފެށޭނެ. މިިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ފާހަގަކުރި ޑްރަގާ ގުޅޭ ޒަމާނީ މަރުކަޒު ހުޅުމީދޫގައި އެވަނީ ނިންމައިފައި. 60 މީހުންގެ ޖާގައިގެ މި މަރުކަޒުން ފަރުވާ ފަށައިގަތުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ހިނގަމުން." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޖަލުގައި ބަންދު ކުރެވިފައިވާ ގައިދީންނަށް ހާއްސަކޮށްގެން މުޅިން އައު ރިހެބިލިޓޭޝަން ޕްރޮގްރާމެއް މިމަހު ފެށޭނެ ކަމަށެވެ.
ޭެ އެ ބަޔަކު ގެންގުޅޭ އެއްޗެއް ހޯދައިގަތުމަށް އެ ބަޔަކަށް ފަސޭހަވާނެ.