ޚަބަރު

ކޮމަންޑޫ ބައި-އިލެކްޝަން: 12 ޖެހުމާ ހަމައަށް 45އިންސައްތަ މީހުން ވޯޓްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދުގެ ވޯޓްލުން ކުރިޔަށް ދަނީ.. ފޮޓޯ/މިހާރު

މިހާރު ހިނގަމުންދާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ގިނަ ބަޔަކު ވޯޓް ލައިފިއެވެ.

Ads by Sosun Fihaara

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 3،309 މީހުން ތިބިއިރު، މިއަދު މެންދުރު 12 ޖެހުމާ ހަމައަށް 1،472 މީހަކު ވަނީ ވޯޓް ލައިފައެވެ. އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 45 އިންސައްތަ މީހުން ވަނީ ވޯޓް ލައިފައެވެ. އެއީ 741 ފިރިހެނުންނާއި، 731 އަންހެނުންނެވެ.

އިންތިޚާބުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ އިތުރުން، މާލޭގައި ވެސް ވަނީ ވޯޓް ފޮށި ބަހައްޓައިފައެވެ. މި އިންތިޚާބުގައި ކޮމަންޑޫގެ 1،405 މީހުންނާއި، ފޯކައިދޫގެ 1،201 މީހުންނާއި، މަރޮށީގެން 703 މީހުންނެވެ.

އިންތިޚާބުގައި، އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވާދަ ކުރާއިރު، މިދިޔަ ދޮޅު މަހެއްހައި ދުވަހުގެ ތެރޭގައި އެ ތިން ރަށުގައި ވަނީ ފޯރިގަދަ ކެންޕެއިނެއް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!