ވިޔަފާރީގެ ބޭނުމަށް ވިސާއާ ނުލާ އިންޑިއާ މީހުންނަށް ރާއްޖެ އާދެވޭ ގޮތް ހަދައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ 1 ފެބުރުވަރީ 2022އިން ފެށިގެން، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 17 ޑިސެމްބަރ 2018ގައި ސޮއިކުރެވުނު "އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމަންޓްސް"ގައި ބަޔާންކޮށްފައިވާ 90 ދުވަހުގެ މުއްދަތަށްވުރެ ދިގުނޫން މުއްދަތަކަށް، ވިޔަފާރީގެ ބޭނުމަށް، އިންޑިއާ ރައްޔިތުންނަށް ހިލޭ އެތެރެވުމުގެ ފުރުސަތު ދިނުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފައިވާ ކަމަށެވެ.
އަދި އެ އުޞޫލުގެ ދަށުން، 6 މަސްދުވަހުގެ ތެރޭގައި، އިންޑިއާ ރައްޔިތުންނަށް، މަލްޓިޕްލް އެންޓްރީ، ނޮން-ރެސިޑެންޓް، ބިޒްނަސް ވިސާ، 6 މަސްދުވަހުގެ ތެރޭގައި، 90 ދުވަހުގެ މުއްދަތަށް މަޑުކުރެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އަދި އެޕްރޫވްބިޒްނަސް ވިސާ އޮންނަ އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް އަހަރެއްގެ ތެރޭގައި 180 ދުވަހުގެ މުއްދަތަށް ވިސާ އައުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެއީ ބައިލެޓްރަލް އެގްރީމަންޓުގައި ބަޔާންކޮށްފައިވާ 90 ދުވަހުގެ ވިސާ ފްރީ މުއްދަތުގެ އިތުރުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެެވެ.
ބިޒްނަސް ވީޒާ އެޕްލިކޭޝަން، ވީޒާ ފްރީ އެންޓްރީ މުއްދަތު ހަމަވުމުގެ ކުރިން ބިޒްނަސް.އީގޮވް ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅަންޖެހޭނެއެވެ. ބިޒްނަސް ވިސާ އައުކުރާނީ މިހާރު އޮތް އެޕްރޫވަލްއެއްގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ.