ޚަބަރު ރައްޔިތުންގެ މަޖިލިސް

ސިޔާސީ ނުކުރާނެ ކަމަށް ބުނި ޖޭއެސްސީ ވެސް ވަނީ ސިޔާސީ ވެފައި: ޖާބިރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު--

ޖުޑީޝަލް ސަރވިސް ކޮމިޝަން ސިޔާސީ ނުކުރާނެ ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބުނަމުން ދިޔައިރު، އެ ކޮމިޝަން ވަނީ ސިޔާސީވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރަައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ، ޖޭއެސްސީ އެކުލެވިފައިވާ ގޮތަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން އޭނާ ވަނީ ޖޭއެސްސީއިން މައްސަލަތައް ބަލަން ޖެހޭނީ، އެކޮމިޝަނުގެ ރައީސްގެ ލޯޔަރުކަމުގައި ދަށުގައިތޯ ސުވާލު އުފައްދަވައިފައެެވެ.

"ސިޔާސީ ނުކުރާނަމޭ ބުނި ތަން މިއޮތީ ސިޔާސީ ވެފައި. ދެން މިއޮތީ ފަނޑިޔާރުގެ. ހައިކޯޓަށް ހުށަހެޅިފައި ހުރި މައްސަލަތައް ގިނަކަމާއި، ފަނޑިޔާރުން މަދު ކަމާއި، އަދި ފަނޑިޔާރުން ބަލިވެ ޗުއްޓީގައި ތިބެން ޖެހުމާއި އަދިވެސް އިތުރަށް ޗުއްޓީ ދިނުމާ... މި ވާހަކައެއް ނޫން ދައްކަންވީ. ނިންމާން ޖެހޭ މައްސަލަތައް ޝެޑިއުލް ކޮށްގެން ދާން ޖެހޭ." ޖާބިރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވައިފައިވާ ކަމަށާއި، ފަނޑިޔާރުންގެ ގައިގައި ދުއްރާއިން ޖެހުމަށް މަޖިލީހުން އަމުރުކޮށްފި ނަމަ، އެކަން ވެސް ކުރަން ޖެހޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަނޑިޔާރުންނަށް ބާރާއި އިއްޒަތްދީ، ކޮންމެ ފަނޑިޔާރެއްގެ ފަހަތަށް ސެކިއުރިޓީން ވެސް ލެވުނުއިރު، ހާސިލު ކުރެވުނު ކަމެއް ނެތް ކަމަށެވެ. އެގޮތުން މައްސަލަތައް ނުނިމޭކަން ފާހަގަކުރައްވައި އޭނާ ވަނީ ޔޮޓް ޓުއަރސް މޯލްޑިވްސްއިން ހުށަހެޅި އިންޝުއަރެންސްގެ މައްސަލަ ވެސް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!