މަޖިލީހުގެ މި ދައުރުގައި 36 ބިލެއް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ގިނަ އަދަދެއްގެ ބިލުތަކެއް ހުށަހަޅަން ނިންމައިފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.
މަޖިލީހަށް ހުށަހަޅަން ނިންމި ބިލުތަކުގެ ތެރޭގައި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު, ކުނި ނައްތައިލުމާ މެނޭޖުކުރުމާ ބެހޭ ބިލު އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު ހިމެނެއެވެ.
މީގެ އިތުރުން ދިވެހި ރައްޔިތުންގެ ދީނި އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތިރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ހިމެނެއެވެ.
އެޓާނީ ޖެނެރަލް އޮފީހުން ހާމަކޮށްފައިވާ ބިލުތަކުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމުގެ ބިލު ނުހިމެނެއެވެ.
އެޓާނީ ޖެނަރަލް އޮފީހުން ބުނީ މަޖިލީހަށް ފޮނުވަން ގަސްދުކުރާ ބިލުތަކުގެ ލިސްޓެއް މިހާރު މަޖިލީހަށް ފޮނުވައިފައިވާ ކަމަށެވެ.