ބޮލީވުޑް މުނިފޫހިފިލުވުން

މާނަޔަތާއާ ކައިވެނި ކުރަން ސަންޖޭދަތުގެ އާއިލާ ދެކޮޅު ހެދި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަންޖޭދަތާއި އޭނާގެ އަންހެނުން މާނަޔަތާގެ ކައިވެންޏަށް 13 އަހަރު ފުރުނު ދުވަހެވެ.

Ads by Sosun Fihaara

ސަންޖޭއާއި މާނަޔަތާއާ ކައިވެނި ކޮށްފައި ވަނީ 2008ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11ވަނަ ދުވަހުގައެވެ. އަދި 2010ވަނަ އަހަރު އެދެމީހުންނަށް އެއްމާބަނޑު ދެކުދިން ކަމަށްވާ ޝަހްރާންއާއި އިގްރާ ލިބުނެވެ.

ކައިވެންޏަށް 13 އަހަރު ފުރުމާ ގުޅިގެން މާނަޔަތާ އިންޑިއާގެ ނޫހަކަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ، ފާއިތުވީ އަހަރުތަކުގައި އެ ދެމީހުންނަށް ވެސް ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެގޮތުން އެއް ކަމަކަށް މާނަޔަތާ ބުނީ، ސަންޖޭދަތުގެ އާއިލާ އެދެމީހުންގެ ކައިވެންޏަށް ނުރުހުނު ކަމަށާއި، އާއިލާގެ ރުހުން ހޯދޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ.

އެހެންވެ، ސަންޖޭގެ ދައްތަމެންގެ ރުހުން ހޯދަން އިތުރަށް މަސައްކަތް ނުކުރަން ސަންޖޭ އެދުނު ކަމަށް ވެސް ބުންޏެވެ.

މާނަޔަތާއާއި ސަންޖޭ ކައިވެނި ކުރުމަށް ފަހު، ސަންޖޭގެ ބައެއް ރައްޓެހިންނާ އޭނާ ދުރުކުރިކަމަށް ބުނެ ދެކެވުނު ވާހަކަތައް ވެސް މާނަޔަތާ ސާފުކޮށްދިނެވެ. އެގޮތުން އޭނާ ބުނީ، ކައިވެނި ކުރި އިރު، ސަންޖޭގެ ވަރަށް ގިނަ ރަށްޓެހިން ދިޔައީ ސަންޖޭގެ ފައިދާނަގަމުން ކަމަށާއި މާނަޔަތާ އެކަން ހުއްޓުވީ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!