ދުނިޔެ

ބުރުގާ އަޅާ އިންޑިއާގެ އަންހެން ދަރިވަރުންގެ ދިފާއުގައި އެމެރިކާގެ އޮފިޝަލެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާ ސްޓޭޓްގެ ސްކޫލްތަކާއި ކޮލެޖްތަކުގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެމެރިކާގެ އޮފިޝަލަކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by WAMCO

އެމެރިކާގެ އެމްބެސެޑަރު އެޓް ލާޖް ފޯ އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް، ރަޝާދު ހުސައިން ކުރެއްވި ޓުވީޓެއްގައި ބުނީ، ދީނީ މިނިވަންކަމުގެ ތެރޭގައި އެމީހެއްގެ ދީނީ ފޭރާން އިހްތިޔާރު ކުރުމުގެ ގާބިލްކަން ހިމެނޭ ކަމަށާއި ބުރުގާ އެޅުން މަނާކުރުމުގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންނަށް އިހާނެތިކޮށް ހިތުމަކީ ތަފާތު ކުރުން ކަމަށެވެ.

"ދީނީ މިނިވަންކަމުގެ ތެރޭގައި އެމީހެއްގެ ދީނީ ފޭރާން އިޚްތިޔާރު ކުރުމުގެ ގާބިލްކަން ހިމެނޭ" ހުސައިން ބުންޏެވެ.

މުސްލިމް ދަރިވަރުން ބުރުގާ އަޅައިގެން ކިޔަވަން ދިޔުމުން ސްކޫލަށް ނުވައްދާ މައްސަލައިގައި އިންޑިއާގައި މުސްލިމުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. މިކަމާ ގުޅިގެން ބެންގަލޫރުގައި ހުންނަ ކަރްނާޓަކާގެ ހައި ކޯޓުން ވެސް ވަނީ ބުރުގާ އަޅައިގެން ކިޔަވަން ދިޔުން މަނާކޮށްފައެވެ.

މި ދެބަސްވުން އުފެދުނީ މިދިޔަ މަހު މުސްލިމް ގިނަ އަންހެނުންތަކެއް ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން މަނާކުރުމުން މުސްލިމް ދަރިވަރުންގެ ގްރޫޕަކުން މުޒާހަރާ ކުރުމުންނެވެ. އޭގެ ފަހުން އެހެން ބައެއް ކޮލެޖުތަކުން ވެސް ހިޖާބު މަނާކުރުމާ ދެކޮޅަށް މުޒާހަރާކުރަން ވަނީ ފަށައިފައެވެ.

ކަރްނާޓަކާ ސްޓޭޓުގެ ކޮލެޖެއްގައި ބުރުގާ އަޅައިގެން ހުރި މުސްލިމް ދަރިވަރަކަށް ހިންދޫ ދީނުގެ ބަޔަކު ބެހި، މުޒާހަރާ ކުރުމުން ދީނުގެ ދިފާއުގައި އޭނާ އަޑުއުފުލި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް މިދިޔަ ހަފްތާގައި ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.

މި މައްސަލަ ހޫނުވެ، ނޮބެލް ސުލްހައިގެ އިނާމު ހޯދީ މަލާލާ ޔޫސުފްޒާއީ ވެސް ވަނީ މުސްލިމް އަންހެނުންނަށް އިހާނެތިކޮށް ހެދުން ހުއްޓައިލާން އިންޑިއާގެ ލީޑަރުންނަށް ގޮވައިލައިފައެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީއަކީ މުސްލިމުންނާ މެދުގައި ނަފްރަތު އުފެއްދުމުގެ އަމަލުތައް ހިންގައި، ތަފާތު ކުރުންތައް ގެންގުޅޭ ޕާޓީއެއް ކަމަށް އެގައުމުގައި "މައިނޯރިޓީން"ގެ ހައްގުގައި ވަކާލާތު ކުރާ ފަރާތްތަކުން ބުނެއެވެ.

އެހެން ނަމަވެސް ދާދި ފަހުން ބޭއްވި އެއްވުމެއްގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ސަރުކާރުން "ކޮންމެ މުސްލިމު އަންހެނެއްގެ ދިފާއުގައި" ވެސް އޮތް ކަމަށް ވިދާޅުވެފައެވެ.

މޯދީ މިފަދައިން ވިދާޅުވި އިރު، އެމަނިކުފާނުގެ ޒައާމަތުގެ 8 އަހަރު، ގިނަ ބަޔަކު ސިފަ ކުރަނީ މުސްލިމުންނަށް "އަނިޔާވެރި" އަހަރުތަކެއްގެ ގޮތުގައެވެ.

  1. އިންޑިޔާގެ އަންހެން ދަރިން އިލްމާއި ތަޢުލީމުން މަހުރޫމް އިރުވެސް އދ ގެ ރަޢިސް ޝާހިދު ގޮވަނީ އަންހެން ސައިސްޓިންޓުން ނަށް ވުމަށް !

    • ޙަލީމްބެ

      ޝާހިދަކީ އަލިފުދާލުގެ ރައީސެއްނުން. އަލިފުދާލުގެ އައްޕަ.

  2. އެކޮއި

    އެމެރި ކާއިންކަންބޮޑުވުންފާޅިކުރިއިރު މިސަރު ކާރުން
    އެއްވެސް ބަހެއްނުބުނެ އޮތުމަކީ އިންޑިއާގެ އަޅުވެތި
    ކަމުގެ ދަށުގަ މިސަރުކާރު ވުން ދޯ އެހެންނަމަ އިންޑިއާގެ
    މުސްލިމުން ކަތިލަމުން މަރަމުން ގެންދާއިރުވެސް އެއްވެސް
    އެއްޗެކޭނުބުނަނީ

  3. އިންޑިޔާގެ އަންހެން ދަރިން އިލްމު އުގެނުމާއި ތައުލީމުން މަހުރޫމް ކުރާއިރު ވެސް އދ ގެ ރައީސު ޝާހިދު ހަންނު ހުނަވަނީ ކީއްވެތޯ ؟ ބަލަ އިހަޖަށްދުވަހު އދ ގައި އދ ގެ ރައީސު ގޮވާލެއްވި އަންހެން ސައިސްސުވެރިން އިތުރު ކުރުމަށްވެސް އެފުރިކާގައި ކުދިން ފެންބަލައިދާތީ ކިޔެވުމުން މަހުރޫމުވެ ކިޔެވުން ގެއްލޭވާހަކަވެސް ބަލަ މިއަދު އިންޑިޔާގެ އަންހެން ދަރިން ސުކޫލް ތަކާއި ކޮލެޖް ތަކަށް ދިޔައީމާ ނުވައްދައިގެން މިއުޅޭ މައްސަލަ ހައްލުކޮށްބަލަ !

  4. ޙުސައިން

    އދ ގެރައީސް ކޮބާތޯ