ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައީސް ޞާލިޙަށް ވެރިކަން ހޯދައިދޭން ޚަރަދު ކުރީ ޖޭއެސްސީ މިނިވަން ކުރަން، އެކަމެއް ނުވި: ޖާބިރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--

އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ޚަރަދު ކުރީ ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) މިނިވަން ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ހުށަހެޅުއްވި ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، އޭނާ ރައްޔިތުންގެ މަޖިލީހަށް އައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް ޝަރުއީ ދާއިރާ މިނިވަން ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ރައީސް ހުންނަވައިގެން އެހެން ރައީސުންނާ މެދުގައި ފިޔަވަޅު އެޅުމަކީ މި ގައުމުގައި މިހާރު އާންމު ވާހަކައަކަށް ވެފައިވާއިރު، އޭނާ މި ސަރުކާރު ގެނައުމަށް ޚަރަދު ކުރީ ވެސް ޖޭއެސްސީ އިސްލާހު ކުރުމަށް ކަަމަށެވެ.

"ރާއްޖޭގެ ރައީސްކަމަށް އިބްރާހީމް މުހައްމަދު ޞާލިހު، އަޅުގަނޑު ހަރަދުކޮށްގެން ގެނައި އިރުގައި ވާހަކަ ދައްކަވަމުން ދިޔައީ، އެމްޑީޕީގެ ރިޔާސަތާ ވެސް ވާހަކަ ދެއްކިން، ހަނދުމަފުޅު ބަހައްޓައްޗޭ، އަޅުގަނޑު ބުރަ މަސައްކަތުން ހޯދާ ލާރި، ޑިމޮކްރަސީއަށް ޓަކައި ޚަރަދު މިކުރަނީ، ސީދާ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ކުރަންށޭ." އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޖޭއެސްސީގައި އެއްވެސް ސިޔާސީ ބޭފުޅަކު ނުބޭންދުމަށް އޭނާ އެދިވަޑައިގެންނެވި ނަމަވެސް، ކަންވީ އެހެން ނޫން ކަމަށެވެ. އެހެންކަމުން އޭނާ ސަރުކާރަށް ކުރި ތާއީދު ދޫކޮށްލެއްވި ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ހުރިހާ ކަމެއްގައި ވެސް ފަނޑިޔާރުގެ ދަނީ ފަހަތަށް ކަަމަށާއި، ކުރިއަށްދާ މަންޒަރު ނުފެންނަ ކަމަށެވެ.

ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލު އިދިކޮޅު މެމްބަރު ތޯރިގު ހުށަހެޅުއްވިއިރު، އެ ކޮމިޝަނުގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދުފުޅެއް ވެސް މެއެވެ.

Ads by Ooredoo
  1. ސިޔާސީ ވަފާތެރި ކެހިވެރިން ޝަރުޢީ ނިޒާމް މިނިވަން ކުރަން ބޭނުމެއް ނުވާނެތާ އެތަން މިނިވަން ވެއްޖެނަމަ ގިނައިން ޖަލަށް ދާންޖެހޭނީ ސިޔާސީ ޗޯރުން !