ދުނިޔެ

ހަމާސްއަކީ ނިރުބަވެރި ޖަމާއަތެއްކަމަށް އޮސްޓްރޭލިއާއިން ކަނޑައަޅަައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތަކީ ނިރުބަވެރި (ޓެރެރިސްޓް) ޖަމާއަތެއް ކަމަށް ކަނޑައަޅަން އޮސްޓްރޭލިއާގެ ސަރުކާރުން ނިންމައިފިއެވެ.

Ads by WAMCO

2007ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުން އަންނަނީ ހަމާސް ޖަމާއަތުންނެވެ.

ހަމާސް ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއް ކަމަށް ކަނޑައެޅުމުން، އެ ޖަމާއަތަށް ވާގިވެރިވާ އަދި ފައިސާގެ އެހީ ދޭ ފަރާތްތަކަށް 25 އަހަރުގެ ޖަލު ހުކުމެއް އޮސްޓްރޭލިއާގައި ކުރެވޭނެއެވެ.

ހަމާސް ޖަމާއަތަކީ ފަލަސްތީނުގެ މުސްލިމުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމާއަތެކެވެ. 2007ވަނަ އަހަރު ޣައްޒާއާ ހަވާލުވުމާ އެކު، އެ ޖަމާއަތުން ވަނީ އިސްރާއީލާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގައިފައެވެ. އިސްރާއީލުން ވަނީ ހަމާސްއަށް ދަތިކުރުމުގެ ގޮތުން، ޣައްޒާ ވަށައިގެން އެތެރެ ނުވެވޭނެހެން ބްލޮކޭޑެއް ހަދައިފައެވެ.

އޮސްޓްރޭލިއާގެ މި ނިންމުމަށް ފަލަސްތީނަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އަދި މިނިންމުމަކީ ފަލަސްތީނަށް އެހީވުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

އިސްރާއީލުގެ ދަތިކުރުގެ ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އުޅެމުންދަނީ ވަރަށް ހާލުގައެވެ. ކާބޯތަކެތި ގިނަ ފަހަރަށް ފޯރުކޮށްދެނީ އެކި ޤައުމު ތަކުގެ ހިލޭ އެހީ ފޯރުކޮށްދޭ ފަރާތްތަކުންނެވެ.

ހަމާސް ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއް ކަމަށް ކަނޑައެޅުމާ އެކު، އެހީ ދޭ ފަރާތްތައް ފަހަތަަށް ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ޤަބޫލު ކުރެއެވެ.

Ads by HDC
  1. އަލީ ބިން ޔޫސުފް

    މިލިޔުނު ބޭފުޅާއަށް ވެސް ހީވެފައި މިއޮންނަނީ ހަމާސްއަކީ ފަލަސްތީނު މިނިވަންކުރަން މަސާއްކަތްކުރާ ބަޔެއް ނަމުގައެވެ. ހަގީގަތަކީ ހަމާސްގެ ޝިޔައީން މެރި މުސްލިމުން މެރި ކާފަރުންނަށްވުރެން ގިނަވާނެއެވެ. އެއީ ހަމަ އަސްލުވެސް ޓެރަރިސްޓް ޖަމާއަތެކެވެ.