ދުނިޔެ

ބަންގި ގޮވާގަޑީ ލަވަ ޖަހާ ނަމަ ސައުދީގައި ބޮޑު ޖޫރިމަނާއެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިސްކިތްތަކުން ނަމާދަށް ގޮވާ ވަގުތު އެއްވެސް ތަނެއްގައި މިއުޒިކް ކުޅެ ނުވަތަ ލަވަ ޖަހާ ނަމަ އެތަނެއް ވަގުތުން ޖޫރިމަނާ ކުރުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.

Ads by Sosun Fihaara

ސައުދީ ސަރުކާރުން ބުނީ މިގޮތަށް ނިންމައިފައި ވަނީ ނަމާދު ވަގުތަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން ކަމަށެވެ. ނަމާދު ވަގުތު ވިޔަފާރި ކުރާ ނަމަ ފިޔަވަޅު އެޅުމުގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް އެ ގައުމުގައި ވަނީ އަޅައިފައެވެ.

ނަމާދަށް ގޮވާ ވަގުތު މިއުޒިކް ކުޅޭ ނަމަ 1000 ރިޔާލުން ވަގުތުން ޖޫރިމަނާކުރާނެ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. މީގެ އިތުރުން މިސްކިތްތަކާއި ސަރުކާރުގެ އޮފީސްތަކުގައި ކުރު ސޯޓު ލައިގެން އުޅޭ މީހުން ވެސް ޖޫރިމަނާ ކުރާ ގޮތަށް ވަނީ ނިންމައިފައެވެ.

ސައުދީގައި ޕަބްލިކް ޑިކޯރަމްއާ ހިލާފުވާ ގޮތަށް ގަވާއިދަށް އިސްލާހު ގެންނަން ނިންމި ނިންމުންތަކުގެ ތެރޭގައި، ޕަބްލިކް ޑިކޯރަމް ގަވައިދާ ހިލާފުވާ މީހުންގެ ކްލެސިފިކޭޝަނަށް އައު ގަވައިދެއް ވަނީ އިތުރުކޮށްފައެވެ.

Ads by HDC
  1. ޢަވާމެނދުރު

    ރާޖޭގަވެސް އެހެންހަދާނަމަ ވ ރަގަޅުވާނެ