ހަނގުރާމަ ފެށުމާ އެކު 20 ދިވެހިން ޔޫކްރެއިންގައި ތާށިވެފައި

ޔޫކްރެއިންގައި ހަނގުރާމަ ފެށުމާ އެކު 20 ދިވެހިން އެ ޤައުމުގައި ތާށިވެއްޖެއެވެ.
ޔޫކްރެއިންގައި ޖުމްލަ 50 ދިވެހި ދަރިވަރުން ކިޔަވަމުން ދިޔައެވެ. އޭގެ ތެރެއިން 35 ދަރިވަރުން އުޅެމުންދިޔައީ ހަނގުރާމައެއް ފަށައިފި ނަމަ އޭގެ ނުރައްކާ އެންމެބޮޑު ސަރަޙައްދުގައެވެ. އޭގެ ތެރެއިން ޝިއާގެ ބޯޑަރު ކައިރީގެ ސިޓީ ހާރކިވްގައި ފަސް ދަރިވަރެއް މި ވަގުތު ތާށިވެފައި އެބަތިއްބެވެ.
މީގެ އިތުރުން، ޔޫކްރެއިންގެ އިރުމަތީ ފަރާތު ސިޓީއެއް ކަމަށްވާ އިވަނޯ ފްރެންކިވްސްގައި 14 ދަރިވަރަކާއި އެހެން ސިޓީއެއް ގައި އިތުރު އެއް ދަރިވަރެއް އެބަތިއްބެވެ.
ޔޫކްރެއިންގައި މި ވަގުތު ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީއާއި، އެޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރކުރުމަށް ވެސް ފޮރިން މިނިސްޓްރިން މީގެ ކުރިން އެދިފައިވެއެވެ. އަދި ޔޫކްރެއިނުން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ވެސް އެ މިނިސްޓްރީން މީގެ ކުރިން ހާމަކުރައްވައިފައި ވެއެވެ.