ދުނިޔެ

ޔޫކްރޭނުން ރަޝިއާގެ ބޯޓެއް ވައްޓައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިއާގެ ހަނގުރާމަމަތީ ވައިގެ އުޅަނދެއް ޔޫކްރޭނުން ވައްޓައިލައިފިއެވެ.

Ads by Sosun Fihaara

މީޑިއާތަކަށް މައުލޫމާތު ދެމުން ޔޫކްރޭންގެ ހޯމް މިނިސްޓަރުގެ އެޑްވައިޒަރ ، ބުނެފައި ވަނީ ކިޔޭވް މަތީން ދަތުރުކުރި ދުޝްމަނުންގެ އުޅަނދެއް ޔޫކްރޭންގެ ސަލާމަތީ ބާރުތަކުން ވައްޓައިލައިފައިވާ ކަމަށެވެ. އަދި އެ އުޅަނދު ވެއްޓުނީ މީހުން ދިރިއުޅޭ އިމާރާތަކަށް ކަމަށެވެ.

މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރަޝިއާއިން ޔޫކްރޭނަށް ދެމުންގެންދާ ހަމަލާތަކުގައި މިހައިތަނަށް ޔޫކްރޭންގެ 137 މީހުން މަރުވެފައިވާ ކަމަށް ރައީސް ޒެލެންސްކީ ބުނެފައި ވެއެވެ. ހަމަލާތައް އަމާޒުވާ ސިޓީތަކުން މިހައިތަނަށް ލައްކައަކަށް ވުރެ ގިނަ އާންމުން ގެދޮރުދޫކޮށް އެހެން ސަރަހައްދުތަކަށް ބަދަލުވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

ރަޝިއާއާއި ޔޫކްރޭންއާ ދެމެދު ހިނގަމުންދާ ހަނގުރާމައަކީ ޔޫކްރޭން ހިފުމަށް ރަޝިއާއިން ކުރަމުންދާ ހަނގުރާމައެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ދެކެއެވެ. އެ ގޮތުން ނޭޓޯގެ ގައުމުތަކާއި ޔޫރަޕާއި އެމެރިކާއިން ދަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ރަޝިއާއިން ބުނަނީ މިއީ ޔޫކްރޭނުން ވަކިވެފައިވާ ދެ ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން ދިފާޢުކުރުމަށް ހިންގާ ހަނގުރާމަ މަތީ އޮޕަރޭޝަނެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!