ދުނިޔެ

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ރަޝިޔާގައި ނުބާއްވަން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ރަޝިޔާގައި ނުބޭއްވުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

ރަޝިޔާއިން މިހާރު ޔޫކްރެއިންއަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން ޔޫއެފާއިން މިހާރު ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ފްރާންސްގެ ޕެރިހުގައި ކުޅުމަށް ނިންމައިފައެވެ. އެގޮތުން މި މަހުގެ 28ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު ބޭއްވުމަށް ޔޫއެފާގެ ގަވަރނިން ބޯޑުން ކުރި މަޝްވަރާއިން އެއްބަސްވެވުނީ ޕެރިސްގެ ސްޓެޑެ ޑި ފްރާންސްގައި މި މެޗު ކުޅުމަށެވެ.

80،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެއް ކުޅެފައި ވަނީ 2006ވަނަ އަހަރުއެވެ.

ސެއިންޓް ޕީޓަސްބާގްގެ ގެޒްޕްރޮމް އެރީނާއަށް މި ސީޒަންގެ ފައިނަލް މެޗު ބާއްވަން ކުރިން ތާވަލް ކުރި ނަމަވެސް، ޔުއެފާއިން ވިދާޅުވީ މިގޮތަށް ފިޔަވަޅު އެޅީ ޔޫކްރެއިންގެ އާއްމުންނާ އެކު ފުޓްބޯޅަ އާއިލާ ތިބިކަން އަންގައިދިނުމުގެ ގޮތުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!