ދުނިޔެ

ވެރިރަށް ބޮމުގެ އަޑުން ގުގުމާލައިފައި، ރަޝިޔާގެ ފައުޖުތައް ވެރިރަށަށް ވަދެގަނެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާގެ އަސްކަރީ ފައުޖުތައް ޔޫކްރެއިންގެ ވެރިރަށް ، ކިޔޭވަށް ވަދެގަނެއްޖެއެވެ

Ads by WAMCO

ދެންމެ ޔޫކްރެއިންގެ ވެރިރަށް ކިޔޭވްއަށް ރަޝިޔާގެ ޓޭންކްތައް ވަދެފައި ވަނީ، މިސައިލް ހަމަލާތައްދީ އެ ސިޓީ ވަރަށް ބޮޑަށް ހަލަބޮލިކޮށްލުމަށް ފަހުގައެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ ފައުޖުތަކާ ދެކޮޅަށް މޮލޮޓޯވް ކޮކްޓެއިލް (ޕެޓްރޯލް ބޮން) ބޭނުންކޮށްގެން ހަނގުރާމަ ކުރުމަށް އެ އަވަށުގެ ރައްޔިތުންނަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ހަމަލާ ދެމުން. އަންނަ ސަރަހައްދުތައް

ރަޝިޔާގެ ޓޭންކްތަކުން މިހާރު ވެރިރަށް ކިއޭވްގެ ތެރޭގައި ދުއްވަމުން ދާއިރު، ރަޝިއާގެ ފައުޖުތައް އޮތީ މިހާރު އޮތީ ޔޫކްރޭންގެ ޤާނޫނު ހަދާ މަޖިލީހާ އެންމެ ފަސް ކިލޯ މީޓަރު ދުރުގައެވެ.

ޔޫކްރެއިންގެ ރައީސް މިވަގުތު ހުންނެވީ ރައްކާތެރި ތަނެއްގައި ކަމަށްވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!