ޚަބަރު

ޔޫކްރޭންގެ އެތައް ސަތޭކަ ބަޔަކު ނިކުމެ ޕެޓްރޯލް ބޮން ތައްޔާރުކުރަނީ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
A local resident prepares to use a Molotov cocktail against a wall during an all-Ukrainian training campaign "Don't panic! Get ready!" close to Kyiv, Ukraine, Sunday, Feb. 6, 2022. Russia has denied any plans of attacking Ukraine, but urged the U.S. and its allies to provide a binding pledge that they won't accept Ukraine into NATO, won't deploy offensive weapons, and will roll back NATO deployments to Eastern Europe. Washington and NATO have rejected the demands. (AP Photo/Efrem Lukatsky)

ޔޫކްރޭންގެ ދެކުނުގައި އޮންނަ ނީޕްރޯގެ އެތައް ސަތޭކަ ރައްޔިތުން ނިކުމެ ހަނގުރާމައިގައި އެހީތެރިވުމުގައި ހަރަކާތްތެރި ވާން ފަށައިފިއެވެ.

Ads by MWSC

ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ ގިނަ ބަޔަކު ހަރަކާތްތެރިވަމުން ދަނީ ޕެޓްރޯލް ބޮން ތައްޔާރުކުރުމުގައެވެ. މި މަސައްކަތް ދައްކައިދޭ ވީޑިއޯތަކުން ފެންނަ ގޮތުގައި ފެކްޓްރީއެއް ފަދައިން އެތައް ސަތޭކަ ބަޔަކު ދަނީ ޔޫކްރޭންގެ ޑިފެންސް މިނިސްޓްރީން ކިޔައިދީފައިވާ ރެސިޕީއާ އެއްގޮތަށް އެތަކެތި ހެދުމުގައި މަޝްޣޫލްވަމުންނެވެ.

މީގެ އިތުރުން އާންމުން ދަނީ އެމީހެއްގެ އަތުގައިވާ ހުރި އެއްޗެއްގެ ތެރެއިން ބޭނުން ޖެހިދާނެ އެއްޗެއް ވެއްޖިއްޔާ ފޯރުކޮށްދެމުންނެވެ. އެގޮތުން ފެނާއި ކާނާއާއި ރަޖާ އަދި ބާލީސް ފަދަ ތަކެތި އެ މީހުން ގެންދަނީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދިނުމަށް ޓަކައި ޖަމާކުރަމުންނެވެ.

ޔޫކްރޭންގައި މިހާރު މާޝަލް ގާނޫން ހިންގައިފައިވާތީ 18އަހަރާއި 60އަހަރާ ދެމެދުގެ މީހުން ގައުމުން ބޭރުވުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން އެ އެންމެން ދަނީ ހަނގުރާމައިގެ އަމަލީ މައިދާނުގައްޔާއި އެހެނިހެން އެކިއެކި ކަންކަމުގައި ހަރަކާތްތެރިވަމުންނެވެ.

ރަޝިއާގެ އަސްކަރިއްޔާއިން މިހާރު ވަނީ ވެރިރަށް ކިޔޭވް ވަށައިލައިފައެވެ. މީގެ އިތުރުން ޔޫކްރޭންގެ އެތައް ސަރަހައްދަކަށް ރަޝިޔާ ސިފައިން ވަނީ އަރައިފައެވެ. ޔޫކްރޭންގެ އަސްކަރިއްޔާ ބަލިކުރުމަށް ރަޝިއާއިން ކުރާ މި ހަނގުރާމައާ ގުޅިގެން ޔޫކްރޭންގެ ރައީސް ޒެލެންސްކީ އެންމެ ފަހުން ވެސް ބުނެފައި ވަނީ ރަޝިއާގެ މައްޗަށް ހޯދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!