ދުނިޔެ

އިޒްރާއީލުން ފަލަސްތީނަށް ހަމަލާދިން އިރު ޒެލެންސްކީއަށް ކުށްވެރިވީ ނިކަމެތި މުސްލިމުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިސްރާއީލުން މިދިޔަ ރަމަޟާން މަހު ފަލަސްތީނަށް ހަމަލާދެމުން ދިޔައިރު، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އިޒްރޭލުގެ ދިފާއުގައި ނިކުމެ ދެއްކެވި ވާހަކަތަކުގެ ޓްވީޓް އާއްމުވެ، އޭނާއަށް ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

Ads by Sosun Fihaara

މެއި މަހު 15ވަނަ ދުވަހު ޒެލެންސްކީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އިސްރާއީލުގެ ޖައްވު މިސައިލުން ފުރިފައިވާ ކަމަށާއި ބައެއް ސިޓީތައް ރޯވެ އަދަމުން އަންނަ ކަމަށެވެ. އަދި އިޒްރޭލަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެ، އެތައް އަނިޔާއެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިޒްރޭލުގެ އަމަލުތައް ކުށްވެރިއެއް ނުކުރެއެވެ.

މެއި މަހުގެ ތެރޭގައި އިޒްރޭލުން ވަނީ މަސްޖިދުލް އަޤްޞާގައި ނަމާދު ކުރަމުން ދިޔަ ބަޔަކަށް ހަމަލާދީފައެވެެ. މިހަމަލާތަކަށް ރައްދު ދިނުމަށް ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް މިސައިލް ހަމަލާތައް ދިނެވެ. އެމެރިކާއިން އިޒްރޭލަށް ހަދިޔާކޮށްފައިވާ މިސައިލް ޑިފެންސް ސިސްޓަމްގެ ސަބަބުން އިސްރާއީލަށް ދިން ހަމަލާތައް ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން އިޒްލޭލުން ޣައްޒާއަށް މިސައިލް ހަމަލާތަކެއް ދޭން ފެށިއެވެ.

މިދިޔަ އަހަރު މެއި މަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން 11 ދުވަހުގެ ހަމަލައިގައި ފަލަސްތީނުގެ 256 މީހުން ޝަހީދުކޮށްލައިފައި ވެއެވެ. މީގެ ތެރޭގައި 66 ކުޑަކުދިން ހިމެނެއެވެ. ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކުގައި މަރުވެފައި ވަނީ 6 މީހުންނެވެ.

ޒެލެންސްކީގެ ޓްވީޓް މިހާރު މީސްމީޑިއާގައި އެނބުރެމުން އަންނައިރު، އެ ޓްވީޓަށް މީހަކު ކުރި ރައްދެއް ވެސް ވަނީ އާއްމުވެފައެވެ.

އެ ރައްދުގައި މީހަކު ބުނެފައި ވަނީ ފަލަސްތީނުގެ ހާލަތު އެނގޭނީ ޔޫކްރެއިންނަށް ރަޝިޔާއަށް ހަމަލާދިނުމުން ކަމަށެވެ. އަދި އެއްއިރެއްގައި ކޮމޭޑިއަންއަކަށް އުޅުނު މީހަކު އަބަދުވެސް ވާނީ ކޮމޭޑިއަންއަކަށް ކަމަށް އޭނާ ބުނެފައި ވެއެވެ.

Ads by Allied Insurance
  1. ކެލާ އަޙުމަދު ވަޙީދު ޢަލީ

    މި ނޫހަށް ޕުޓިން ފަންޑުކުރަނީތަ ޔުކްރޭނާ ދެކޮޅު ޚަބަރުތައް ފުލުފުލުން ތިޔަ ލިޔަނީ….

    • ކެލާ އަހުމަދު ވަހީދު އަލީގެ ކާފަ

      ކަލޭޔަށް ޔޫކްރެއިން އިން ފަނޑު ކުރަނީތަ އެމީހުން ކޮއްފަ އޮތްކަމެއްގެ ވާހަކަ ބުނާއިރަށް ތިޔަ ކޮމެންޓު ކުރަނީ

      • ކެލާ އަހުމަދު ވަހީދު އަލީގެ ކާފަގެ ބައްޕަ

        ބައްޕަ އަބަދުވެސް ދަރިފުޅަށް ހަނދާންކޮށްދިނިން ޙައްޤަށް ވަކާލާތު ކުރަން. ވިސްނާފަ ކޮމެންޓުކުރާތި ދަރިފުޅާ.

    • ހަމަ އެ އަލީ

      މީ އަޅެ ކޮން ކަހަލަ ވިސްނުމެއްގެ މީހެއްބާ؟ ބޮޑަށް ވަށްތަރީ ރީނދޫ ތަރާދުން ކިރާ މީހަކާ

      • ލަބީޤް މުޙައްމަދު މާހިދު

        ޔުކްރޭނު ދިދައިގައި ރީނދޫކުލަ ހުރެފައި، ދިވެހިރާއްޖޭގެ ސިޔާސީ ޕާރޓީއެއްގެ ކުލައަކަށް ރީނދޫކުލަވާތީ، އަދި ސިޔާސީ ޕާރޓީއެއްގެ ރަައީސަކު ޔުކްރޭނުގެ ރައީސްގެ ހިތްވަރަށް ސާބަސް ދިނީމާ، ބަޔަކަށް އެކަން ހަޖަމު ނުވީއެވެ.

    • ައައްޓަމަސް

      ހާދަ ޔުކުރޭން ވެފައޭ ދޯ! އަންނިއައްވެސް ފެނުނީ ޒެލޮންސްކީ ހަނޑާ ގޮރު

      • ޓޯއީ

        އަންނި އަކީ ދެތިން މީހަކު މުޒާހަރާ ކޮށްލިއިރަށް އިސްތިއުފާ ދީފަ ފިލި ސޮރެއް. އަދި ބަރު ހަތިޔާރާއެކު ބައެއް އައިނަމަ ރަނޑުބެ މޮޔަވާނެނު

    • ލޮކާޑް

      ކެލާ މީހުނަށް ހުތުރު ނާރުވާބަލަ. މާ ކެލާ ވެގަނެގެން. ޢިޒްރޭލަށް އެއްޗެކޭ ބުނާ އިރަށް މާ ފޯރި އެއް އަރުވާނެކަމެއް ނެތް

  2. ހަމިއްޓޭ

    މި ނޫހުން ބޭނުން ބަޔަކާ ދެކޮޅަށް ލިޔެވޭނެ. އެއީ އެއްވެސް މައްސަލައެއް ނޫން. މުސްލިމުންނަށް ދެރަގޮތް އެދުނު މީހަކު ކަންކުރިގޮތް ކިޔައިދިނުމަކީ ކުށެއްތޯ؟ ކޮބައިތޯ ނޫހުގެ ހައްޤު

  3. ނުރަބޯ

    ފިލްމުތަކުގައި ހެއްވާބައި ކުޅެން އުޅުނު މީހަކު ރައީސް ކަމަށް ލީމާ އޭގެ ގެއްލުން އެ ލިބުނީ މުޅި ގައުމަށް.

  4. ބިރުބޮޑު

    ބޮލުރޮދި ކޮށިފައި ހުރި މޮޔައަކަށް ޔުކުރޭން ފަދަ ގައުމެއްގެ ވެރިކަން ދިނީމާ ވާނެގޮތް އެވަނީ ވަރަށްވަރަށް ސާފް އެހެންނޫންތޯ