ދުނިޔެ

ޒެލެންސްކީ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން:"ޤައުމު ދިފާއު ކުރުމުގައި ނަމޫނާއަކަށް ބަލަންވީ އިސްރާއީލް"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޒެލެކްސްކީ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

2019 ވަނަ އަހަރު ޔޫކްރެއިންގެ ވެރިކަމާ ހަވާލުވެ ވަޑައިގަތް ވޮލޮޑިމީރް ޒެލެންސްކީ، ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހުގެ ތަޤްރީރުގައި ދެއްކެވި ވާހަކަތަކުން ބައެއް މީސްމީޑިއާގައި އާއްމުވެ، ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

Ads by Sosun Fihaara

2019ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެ ބައެއްގެ ޤައުމު ދިފާއު ކުރާނީ އެ ބައެއް ކަމަށާއި ޤައުމު ދިފާއުކުރުމުގެ ނަމޫނާއަކަށް އިސްރާއީލް ނަގަން ޖެހޭ ކަމަށެވެ.

“ޤައުމު ދިފާއުކުރުމުގެ ނަމޫނާ ނަގަންވީ އިސްރާއީލުން. ޓެކްނޮލޮޖީގެ ދާއިރާގައި ނަމޫނާއަކަށް ބަލަންވީ ޖަޕާން” އޭނާ ވިދާޅުވިއެވެ.

އިސްރާއީލަކީ ފަލަސްތީނުގެ މުސްލިމުންގެ ބިންތަކަށް ވެރިވެގެންފައިވާ އިސްތިއުމާރީ ދައުލަތެކެވެ. ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ވަނީ ލާއިންސާނީ އެތައް އަމަލެއް ހިންގައިފައެވެ.

މިދިޔަ އަހަރު މެއި މަހުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދުކޮށްލި ހާދިސާގައި ވެސް ޒެލެންސްކީ ކުށްވެރި ކުރީ މުސްލިމުންނެވެ.

ޔަހޫދީއެއް ކަމަށްވާ، ޒެލެންސްކީ ވަނީ ޔޫކްރެއިންއަށް ރަޝިޔާއިން ހަމަލާތައް ދޭން ފެށުމުން އިސްރާއީލުގެ ކިބައިން އެހީތެރިކަމަށް އެދިފައެވެ. އިސްރާއީލުން މިހާރު ދަނީ ޔޫކްރެއިންނަށް އިންސާނީ އެހީ ފޯރުކޮށްދެމުންނެވެ.

އިސްރާއީލުގައި އާއްމުން ގެންދަނީ، ރަޝިޔާގެ އެންބަސީ ކައިރީ މުޒާހަރާ ކުރަމުންނެވެ. މިކަން ގިނަ ބަޔަކަށް ވަނީ ޖޯކަކަށް ވެފައެވެ. ސަބަބަކީ އިސްރާއީލަކީ ވެސް، ރަޝިޔާ ފަދައިން ޤައުމެއް އިސްތިއުމާރުކޮށް، އެތައް ގނަ،  ލާއިންސާނީ އަމަލު ހިންގާ، އަދި ހިންގަމުންދާ ބަޔަކަށް ވާތީއެވެ.

Ads by Allied Insurance
  1. ލަބީޤް މުޙައްމަދު މާހިދު

    ރަޝިޔާއިން ޔުކްރޭނަށް އަރައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތައް ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ކުށްވެރިކުރަމުންދާއިރު، އެކަމަކީ ރަޝިޔާއިން ކޮންމެހެން ކުރަންޖެހޭ ވާޖިބު ކަމެއްްކަމަށް އަދި ވަރަށް ރަނގަޅުކަމެއްކަމަށް މޭރުންވާގޮތަށް ދެން ނޫހުން އާޓިކަލްތައް ލިޔުއްވަމުން ގެންދަވާތީ ހިތާމަކުރަމެވެ.
    ޔުކްރޭނުގެ ރައީސަކަށް ކޮމީޑިއަންއެއް ހޮވުމަކީ ޔުކްރޭނު ރައްޔިތުންގެ ނިންމުމެކެވެ. އެކަމަކީ ރަޝިޔާއާއި ބެހޭކަމެއް ނޫނެވެ. އަދި ބޮޑަތި އާޓިކަލްތައް ލިޔެ، ރަޝިޔާގެ ޖަރީމާ ހުއްދަކުރުމަށް އޮތް ޙުއްޖަތެއްވެސް ނޫނެވެ.

    • ބަބޫ

      ދެން ކިތައްމެ ވަރެއްވިޔަސް ތިކަހަލަ އިސްރާއީލުގެ ދަރިން ދައްކާވާހަކަ ގަބޫލު ކުރާނެ ބަޔަކު މިތާކުނެތް. ރަޝިޔާ އެކުރަނީ އަމިއްލަދިފާއުގައި ހަގުރާމަ. ވާނުވާ ނޭގުނަސްވާނެ އަނގަ ބާނައިގަންނަން

    • ކަޅުބުޅާ

      ރަސިޔާ އަމިއްލަ ގައުމު ދިފާއު ކުރަން ބޭނުމިއްޔާ ޖެހޭނީ ޔޫކުރޭނުގެ ޕަޕެޓް ސަރުކާރު ބަދަލުކުރަން، އެކަން ކުރެވޭނެ ހުރިހާ ދޮރެއް ބަންދުވެ ހަނގުރާމަ ނޫން ގޮތެއް ނެތުނީމަ ހަނގުރާމަވެސް ކުރަން ޖެހޭނީ. ހުރިހާ ގެއްލުމެއް ވާނީ އާއްމު ރައްޔިތުންނަށް، ޕަޕެޓް ވެރިން ނަށް އެމެރިކާ އިން ހިމާޔަތް ދޭނެ.

  2. އަޚްތަރު

    ޒެލެންސްކީ ބުނި ބަހަކަށް ތާއީދު ކުރަނީ އެއް ނޫން. އަދި މުސްލިމުންގެ ޙާލާމެދު ހަމްދަރުދީ ނުވަނީ އެއްވެސް ނޫން. އެކަމަކު ކުށެއް ނެތް ޢާންމުން މެރުމަކީ އިސްރާއީލުން ކުރިޔަސް ރަޝިޔާއިން ކުރިޔަސް ވަރަށް ބޮޑު ކުށެއް. ޖަރީމާއެއް. އަހަރުމެން މުސްލިމުންނަށް ވީތީ، އަނިޔާވެރިވާ ކޮންމެ ބަޔަކާ ދެކޮޅަށް އަޑު އުފުލާ އެކަމާ ދެކޮޅަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަކީ އަހަރުމެންގެ މައްޗަށް ވާޖިބު ކަމެއް. އަނިޔާ ލިބެމުނެ ދަނީ ޣައިރު މުސްލިމުންނަށް ކަމަށްވިޔަސް އެކަން ކުރުން އޮތީ އެގޮތަށް!

  3. ާަލޖ

    ބައެއް މީހުން ކާފަރުންމަރުވުމުން އެކަމާ ހިތާމަކޮށް އެވާހަކަ ދައްކާއިރު ހަމަ އެފަދަ ހާދިސާގަކިގައި ވޭތުވެދިޔަ 30 އަހަރު ކިތައް މުސްލިމުން ދޮގުބަހަނާގައި މަރާފައިވޭތޯ އެވެ. ޢެވާހަކަ ދައްކާއިރަށް ޓެރަރިޓެއް ނުވަތަ ހަރުކަށި މީހަކަށް ވެދެއެވެ. ޥެސްޓާން މީޑިއަރ ގެ ވަބައިގައި ޖެހި ތަގައްޔަރުވެފޢިވާ މިންވަރު

  4. އިބުރާ

    ތި ޔަހޫދީ ކަލޭގެ ބޮލަށް ރަޝިޔާއިން ބޮމެއް އަޅާ މަރާލަންވީ