ދުނިޔެ

ރަޝިޔާގެ މިސައިލްގެ ޝިކާރައަކަށްވީ ހަ އަހަރުގެ މި ތުއްތު ކުއްޖާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މަރުވި 6 އަހަރުގެ ކުއްޖާ، ކައިރީގައި އޭނާގެ ބައްޕަ

ޔޫކްރެއިންގެ މަރިއުޕޯލްއަށް ރަޝިޔާގެ އަސްކަރިއްޔާއިން ދިން ބޮމުގެ ހަމަލާއެއްގައި އުމުރުން ހަ އަހަރުގެ ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.

Ads by WAMCO

އެސޯސިއޭޓް ޕްރެސްއިންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކުއްޖާ މަރުވެފައި ވަނީ، މަރިއުޕޯލްގެ ސްޕަމާކެޓަކަށް ރަޝިޔާގެ އަސްކަރިއްޔާއިން ދިން މިސައިލް ހަމަލާތަކެއްގައެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އެތަނުގައި އެސޯސިއޭޓް ޕްރެސްގެ ނޫސްވެރިޔަކު ހުއްޓެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުއްޖާ އެންބިއުލެންސާ ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. އަދި ޑޮކްޓަރު އެ ކުއްޖާގެ ގައިގައި ވިންދު ހުރިތޯ ބެލުމަށް އެންބިއުލެންސަށް އެރުމަށް ފަހު، މަރު ސާބިތުކުރި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ކުއްޖާ މަރުވުމުން، މި ވާހަކަ ރަޝިޔާގެ ރައީސް ޕޫޓިންއާ ހަމައަށް ގެންގޮސްދޭން، އެ ކުއްޖާއަށް ފަރުވާ ދޭން މަސައްކަތް ކުރި ޑޮކްޓަރު ނޫސްވެރިޔާ ކުރެން އެދުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ޕޫޓިން ކުރެން، މިއީތޯ އޭނާ ބަލަން ބޭނުންވާ މަންޒަރަކީ ސުވާލުކޮށްދިނުމަށް ޑޮކްޓަރު ވަނީ އެދިފައެވެ.

ޔޫކްރެއިންގެ ސްޓޭޓް އިމަޖެންސީ ސާވިސްއިން ބުނާ ގޮތުގައި މި ހަނގުރާމައިގައި، މިހާތަނަށް 2،000އަށް ވުރެ ގިނަ އާންމުން ވަނީ މަރުވެފައެވެ. އދގެ ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައި ވަނީ، މި ހަނގުރާމައިގައި 13އަށް ވުރެ ގިނަ ކުޑަ ކުދިން މަރުވެފައިވާ ކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދެމުން އަންނަތާ މިހާރު ހަފްތާއެއްވެއްޖެއެވެ. ޔޫކްރެއިންނަށް ރަޝިޔާގެ ސިފައިން އެރީ، ޑޮންބަސް ރީޖިއަންގައި އުޅޭ މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކަމަށް ބުނެއެވެ. ނަމަވެސް ރަޝިޔާއިން ދަނީ ޔޫކްރެއިންގެ ވެރިރަށް ހިފުމުގެ މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!