ދުނިޔެ

ޚަރްސަން ރަޝިޔާގެ އަތްދަށަށް، މޭޔަރު ވިދާޅުވީ ހަތިޔާރު އެޅި މީހުންނަށް ކިޔަމަންވުމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާއިން ޔޫކްރެއިންއަށް ދެމުން ގެންދާ ހަމަލާތަކުގައި ފުރަތަމަ ފަހަރަށް ބޮޑު ސިޓީއެއް ރަޝިއާގެ އަތް ދަށަށް ގެންގޮސްފިއެވެ.

Ads by WAMCO

ރަޝިޔާގެ މީހުންގެ އަތް ދަށަށް ގެންގޮސްފައި ވަނީ، ވެރިރަށް ކިއޭވްގެ ދެކުނުން 300 މޭލު ދުރުގައި އޮންނަ ޚަރްސަން ސިޓީއެވެ. ޚަރްސަންއަކީ 290,000 މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.

ޚަރްސަންގެެ މޭޔަރު، އިހޯރް ކޮލިޚައިއެވް، މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެ ސިޓީގެ އާއްމުންނަށްވަނީ، "ހަތިޔާރު އަޅައިގެން އައިސްފައިވާ" މީހުންނަށް ކިޔަމަންވެ، އެ މީހުން ބުނާ ގޮތަކަށް ކަންތައް ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. ރޭގެ ވަގުތެއްގައި އިހޯރް ވަނީ އެ ސިޓީގައި ރަޝިޔާގެ ސިފައިން ހަރަކާތްތެރިވާ ކަމަށާއި ނަމަވެސް ސިޓީ ޔޫކްރެއިންގެ ކޮންޓްރޯލްގައި އޮތް ކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގައުމާ މުހާތަބު ކުރައްވާ ވީޑިއޯ ތަގުރީރެއް ދެއްވައި، ޔޫކްރެއިންގެ ރައްޔިތުން ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅުހެދުން މަތީ ދެމިތިބުމަށް ވަނީ ގޮވައިލައްވައިފައެވެ.

"އަހަރެމެންނަކީ ހަފްތާއެއްގެ ތެރޭގައި ދުޝްމަނުންގެ ރޭވުންތައް ފުނޑުފުނޑުކޮށްލި ބައެއް،" އޭނާ ވިދާޅުވިއެވެ.

'މިތަނުގައި އެމީހުންނަށް ހަމަޖެހުމެއް ނުލިބޭނެ. ކާނެ އެއްޗެއް ވެސް ނުލިބޭނެ. އެމީހުންނަށް މިތަނުގައި ހިމޭން އެންމެ ވަގުތުކޮޅެއް ވެސް ނުލިބޭނެ" ޒެލެންސްކީ ވިދާޅުވިއެވެ.

ޚަރްސަން ވެސް ހިމެނޭ ގޮތަށް ރަޝިއާއިން ގިނަ ސިޓީތަކެއް ހިސޯރުކޮށްފައިވޭތޯ ނުވަތަ ނޫންތޯ ޒެލެންސްކީއާ ކުރިމަތި ކުރި ސުވާލަށް އޭނާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!