ދުނިޔެ

ރަޝިޔާގެ ހަނގުރާމަ ކުށްވެރި ކުރުމަށް ޔަހޫދީންގެ ކިބައިން ޒެލެންސްކީ އެދިވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އަރާ ކުރަމުންދާ ހަނގުރާމަ ކުށްވެރި ކުރުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޔަހޫދީންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

Ads by WAMCO

ޒެލެންސްކީ މިހެން އެދިވަޑައިގަތީ، ޔަހޫދީން ނައްތައިލާން ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީން ހިންގި އުދުވާން ރަމްޒުކޮށްދޭ ބިނާއެއް ކައިރިއަށް ރަޝިޔާއިން މިސައިލް ބޮމެއް އެޅުމާ ގުޅިގެންނެވެ.

އަންގާރަ ދުވަހު ދިން މި ސައިލް ހަމަލާ ދީފައި ވަނީ ކިޔޭވްގެ ޓީވީ ޓަވަރަކަށެވެ. މި ޓަވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި ހަމަލާގައި މަދުވެގެން ފަސް މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ޓަވަރާ އިންވެގެން ވަރަށް ކައިރީގައި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީ ސިފައިން 150،000އަށް ވުރެ ގިނަ ޔަހޫދީން މަރައިލި، ބާބިއެން ޔާރުގެ ހަނދާނީ ބިނާއެއް ހުރެއެވެ. 1941ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކިޔޭވްގައި ނާޒީ ވެރިކަމާ ހަވާލުވުމަށް ފަހު އެތަނުގައި ބަޑިޖަހައި 30،000އަށް ވުރެ ގިނަ ޔަހޫދީން ވަނީ މަރައިލައިފައެވެ.

ޒެލެންސްކީއަކީ ވެސް ޔަހޫދީއެކެވެ.

"ތާރީހު ދަންނަ ކޮންމެ މީހަކަށް މީހަކަށް، ބާބެން ޔާރްއަކީ ޚާއްސަ ތަނެއްކަން އެނގޭނެ" ހަނގުރާމަ ފެށުނު ފަހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ ވީޑިއޯ ކޮންފަރެންސެއްގައި އޭނާ ވިދާޅުވިއެވެ

"އެއީ ތާރީޚީ ތަނެއް. އަޅުކަން ކުރާ ތަނެއް.... ،ތީ ކާކު، މިސައިލްތަކަށް ޓާގެޓެއްގެ ގޮތުގައި ހަދަންތަ؟އަހަރެން ދުނިޔޭގެ ހުރިހައި ޔަހޫދީންނާ މުޚާތަބު މި ކުރަނީ ތިބާއަށް މިކުރެވެނީ ކީއްކަން ނުފެނޭތަ؟ މި ވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ޔަހޫދީން ހަނު ނުތިބެ، ހައްޤަށް ވަކާލާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް. ނާސިޒަމް އުފަން ވަނީ ހަނު ތިބެގެން" ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީއަކީ އިޒްރޭލާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޔަހޫދީ މުޖުތަމައުތަކުން ތާއީދު ހޯދުމަށް އަބަދުވެސް މަސައްކަތް ކުރާ މީހެއްކަން ފާހަގަކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!