ދުނިޔެ

އިޒްރޭލަކީ ދުޝްމަނެއް ނޫން, އެކުވެރިއަކަށް ވުމުގެ ފުރުސަތު އޮތް ގައުމެއް: ވަލީ އަޙްދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިޒްރޭލަކީ ދުޝްމަނެއް ނޫން ކަމަށާއި ސައުދީ އަރަބިއްޔާގެ އެކުވެރިޔަކަށްވުމުގެ ފުރުސަތު އެ ޤައުމަށް އެބައޮތް ކަމަށް ސަޢުދީ އަރަބިއްޔާގެ ވަލީ އަޙްދު، މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސައުދީ އަރަބިއްޔާއިން މިހާރު ގެންގުޅެމުން އަންނަ ބައެއް ސިޔާސަތުތަކާ ގުޅޭ ގޮތުން އެމެރިކާގެ މަޖައްލާއެއް ކަމަށްވާ ދަ އެޓްލާންޓިކަށް ދެއްވި ބަސްދީ ގަތުމެއްގައި ވަލީ އަޙްދު ވިދާޅުވީ، އިޒްރޭލަކީ ދުޝްމަނެއްގެ ގޮތުގައި ނުދެކޭ ކަމަށާއި ނަމަވެސް ބައެއް މައްސަލަތައް ހައްލުކޮށް، އެކުވެރި ޤައުމަކަށްވުމުގެ ފުރުސަތު އިޒްރޭލަށް އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާއަކީ މީގެ ކުރިން އިޒްރޭލާ ވަރަށް ދެކޮޅު ޤައުމެކެވެ. އަދި ސައުދީއާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައެއް ވެސް ނުވެއެވެ. ނަމަވެސް ސައުދީން މިހާރު ދަނީ އިޒްރޭލާ އެކު ގުޅުން ބޭއްވުމަށް މަސައްކަތް ކުރަމުން ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސައުދީން ވަނީ އިޒްރޭލުގެ ފްލައިޓްތަކަށް ސައުދީގެ ވައިގެ ސަރަހައްދުން ދަތުރު ކުރުގެ ހުއްދަ ވަރަށް ފަހުން ދީފައެވެ.

މީގެ އިތުރުން 2020ވަނަ އަހަރު އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ސައުދީއަށް ސިއްރު ދަތުރުފުޅުތަކެއް ކުރެއްވި ކަމުގެ އަޑު ފެތުރުނެވެ.

ސައުދީގެ ރަސްގެފާނު ސަލްމާނަކީ އިޒްރޭލާ ދެކޮޅު ބޭފުޅެކެވެ. ނަމަވެސް މިހާރު ސައުދީގެ ވެރިކަން ހިންގުމުގެ ގިނަ ބާރުތައް ވަލީ އަޙްދު މުހައްމަދު ވަނީ ނަންގަވައިފައެވެ.

އިޒްރޭލަކީ ފަލަސްތީނުގެ ބިމަށް ވެރިވެގެންފައިވާ އިސްތިއުމާރީ ދައުލަތެކެވެ.

  1. ވިކިލީކުސް

    އިޒްރޭލަކީ ފަލަސްތީނުގެ ބިމަށް ވެރިވެގެންފައިވާ އިސްތިއުމާރީ ދައުލަތެކޭ ތިބުނަނި ކީއްވެ؟ ޔޫއެން އިން ގަބޫލުކުރޭ އިޒްރޭލަކީ ދައުލަތެެއް ކަމަށް.