ދުނިޔެ

ޒެލެންސްކީ ފިއްލެވީތަ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރޭންގެ ރައީސް ޒެލެންސްކީ ގައުމު ދޫކުރައްވައި ޕޮލެންޑަށް ވަޑައިގެންނެވިކަމަށް ރަޝިއާއިން ދެއްކި ވާހަކަ ޔޫކްރޭނުން ދޮގުކޮށްފިއެވެ.

Ads by WAMCO

ގައުމު ދޫކުރައްވައި ޒެލެންސްކީ ޕޮލެންޑަށް ވަޑައިގެންނެވި ވާހަކަ ދޮގުކޮށް ޔޫކްރޭންގެ ގާނޫނު ހަދާ މަޖިލީހުން ބުނެފައި ވަނީ ޒެލެންސްކީ ، ވެރިރަށް ކިޔޭވްގައި އެބަހުންނެވި ކަމަށެވެ.

ރައީސް ޒެލެންސްކީ ފިއްލަވައިފިކަމަށް ރިޕޯޓްކުރީ ، ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާ ހަވާލާދީ ރަޝިއާގެ ސަރުކާރު ކޮންޓްރޯލް ކުރާ އާރް،ޓީ ނިއުސްއިންނެވެ.

"ޒެލެންސީ ޔޫކުރޭން ދޫކުރައްވައިފި، (ޔޫކްރޭންގެ)ގާނޫނު ހަދާ މަޖިލީހުން ޒެލެންސްކީ ލިވިވް(ޕޮލެންޑާ ބޯޑަރުން ގުޅިފައިވާ ސިޓީ)އަކަށް ނުގެންދެވުނު، (ނަމަވެސް) އޭނާ މިހާރު ހުރީ ޕޮލެންޑްގައި"ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވޮލޮޑިން ބުނެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޒެލެންސްކީ ދަނީ، ރަޝިޔާއިން ޔޫކްރެއިންއަށް އެރި ފަހުން ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ވީޑިއޯ މެސެޖެއް ފޮނުވަމުންނެވެ. ރައީސް ފިއްލެވި ކަމަށް ވާހަކަ ދެކެވެން ފެށީ، މިއަދު ވީޑިއޯ މެސެޖް ނުފޮނުވުމުންނެވެ.

ޒެލެންސްކީ މީގެ ކުރިން ވަނީ، ޤައުމު ދިފާއު ކުރުމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން ވެރިރަށް ކިއޭވް، ރަޝިޔާގެ އަސްކަރިއްޔާއިން ވަށައިލުމުން އެމެރިކާއިން ޒެލެންސްކީއަށް ޤައުމުން ފިއްލެވުމުގެ ކަންތައް ވަނީ ހަމަޖައްސައިދީފައެވެ. ނަމަވެސް ފިއްލަވާން ބޭނުންފުޅު ނޫން ކަމަށާއި ބޭނުން ވަނީ ހަތިޔާރު ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!