ދުނިޔެ

ނޭޓޯއަކީ ކަމެއް ނެތް ބައިގަނޑެއް: ޒެލެންސްކީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރ ޒެލެންސްކީ ދަ ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން(ނޭޓޯ)އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by WAMCO

ޒެލެންސްކީ ނޭޓޯއަށް ފާޑުވިދާޅުވެފައި މިވަނީ،  ޔޫރަޕްގެ އެހެން ސަރަހައްދުތަކަށް ފެތުރިގެން ހިނގައިދާނެ ފަދަ ހަނގުރާމައެއް ރަޝިޔާއިން އުފައްދައިފާނެކަމުގެ ބިރު އޮތުމުން، ވައިގެ މަގުންނާއި އެއްގަމު މަގުން އެ އެލަޔަންސުން ނުފޫޒު ނުފޯރުވާނެ ކަމަށް އިއުލާން ކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ބެލްޖިޔަމްގެ ވެރިރަށް ބްރަސެލްސްގައި ބޭއްވި ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށް ފަހު ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވީ ރަޝިއާގެ ފައުޖުތަކާ ދެކޮޅަށް އެއްވެސް މުއާމަލާތެއް ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެ ޖަމާއަތުގެ މެމްބަރުން ދެކޮޅު ހެދި ކަމަށެވެ. އަދި ޔޫކްރެއިނުގެ ހަނގުރާމައިގައި އެއްވެސް މިންވަރަކަށް ނޭޓޯއިން ބައިވެރިނުވާން ނިންމައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

30 ގައުމުގެ މައްޗަށް އެކުލެވޭ ނޭޓޯގެ މެންބަރު ޤައުމެއްކަމަށްވާ ތުރުކީވިލާތުން ބުނެފައި ވަނީ ވިލާތުގެ އިއްތިޙާދުގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ އެއްވެސް މަތިންދާބޯޓެއް ވަނުން މަނާކުރި ނަމަވެސް އެ ޤައުމުން އެ ނިންމުމަށް ޢަމަލު ނުކުރާނެ ކަމަށެވެ.

މީސްމީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވަނީ އެ ނިންމުމަށް ފާޑުވިދާޅުވެ، ނޭޓޯގެ ސަމިޓަކީ "ބަލިކަށި" އަދި "ގެއްލިފައިވާ" ސަމިޓެއް ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ރަޝިޔާ ސިފައިން އާންމުންނާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، ސްކޫލްތަކަށް ބޮން އަޅަމުންދާ ކަމަށާއި، އުދުހުން މަނާ ސަރަހައްދު ކަނޑަނޭޅުމަށް ނިންމި ނިންމުމުގެ ސަބަބުން ބޮމުގެ އިތުރު ހަމަލާތައް ދިނުމަށް ރަޝިޔާއަށް "ފެހި ސިގްނަލް" ލިބިފައިވާ ކަމަށެވެ. އަދި ނޭޓޯގެ ސަބަބުން އެތައް ބަޔަކު މަރުވެގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަވަމުން އަންނައިރު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ، ރަޝިޔާގެ ތެލުގެ އިމްޕޯޓް ކުރުން ހުއްޓައިލުން ފަދަ، ހަރުކަށި ފިޔަވަޅުތަކެއް އެ ގައުމާ ދެކޮޅަށް އެޅުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް އިލްތިމާސް ކުރައްވަމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށައިފައި ވަނީ ޔޫކްރޭންގެ ސެކިއުރިޓީއަށް ބުރޫ އަރާފާނެ ކަމަށް ބުނެ އެ ގައުމުން ނޭޓޯއާ ގުޅެން މަސައްކަތް ކުރުމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!