ޚަބަރު ސަރުކާރު

ރޯދަ މަހުގެ ރަސްމީ ގަޑި އިއުލާންކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް އޮފީސް--

ކުރިއަށް އޮތް ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑި އިއުލާންކޮށްފިއެވެ.

Ads by STELCO

ރައީސް އޮފީހުން މިއަދު ބުނީ ރޯދަމަހާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00އިން މެންދުރުފަހު 1:00އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފައިވާ ކަމަށެވެ.

އަދި ރަމަޟާންމަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމާ އެކު ސަރުކާރުގެ މަސައްކަތްތައް އެ ވަގުތުތަކަށް ފައްތައިގެން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ އަންގަވައިފައެވެ.

ކަލަންޑަރުގައި ވާގޮތުން، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އޭޕްރީލްމަހުގެ ދެވަނަ ދުވަހެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!