ބޮޑު ސިޓީއެއްގެ ކޮންޓްރޯލް ޔޫކްރެއިނުން އަލުން ހޯދައިފި

ޔޫކްރެއިންގެ އިރުމަތީ ސިޓީއެއް ކަމަށްވާ ޗުހުއިވްގެ ކޮންޓްރޯލް ރަޝިޔާގެ އަތުން އަލުން އަތުލައިފައިވާ ކަމަށް ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފް ވިދާޅުވީ، ރަޝިޔާގެ އަސްކަރިއްޔާއިން މީގެ ކުރިން ހިފައިފައިވާ ޗުހުއިވްގެ ކޮންޓްރޯލް އަލުން ޔޫކްރެއިންއިން ނަގައިފައިވާ ކަމަށާއި އެކަމުގައި ހިނގި ހަނގުރާމައިގައި ރަޝިޔާގެ އަސްކަރިއްޔާގެ ގިނަ ބަޔަކު މަރުވި ކަމަށެވެ. އޭގެ ތެރޭގައި މަތީ ފަންތީގެ ދެ ޖެނެރަލުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
31،000 މީހުން ދިރިއުޅޭ މި ސިޓީއަކީ ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚަރްކިވްއާ 23 މޭލު ދުރުގައި އޮންނަ ސިޓީއެކެވެ.
ޖެނެރަލް ސްޓާފް ފޭސްބުކްގައި ވިދާޅުވެފައި ވަނީ، 'ހަނގުރާމައިގެ ތެރޭގައި، ޗުހުއިވް ސިޓީ މިނިވަން ކުރެވުނު" ކަމަށެވެ.