ދުނިޔެ

ޓްރަމްޕް، ބައިޑަންއަށް: މިހާރު އަހަރެން މިސްވޭތަ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރައި ހަނގުރާމަ ކުރަމުންދާތީ ރަޝިއާއަށް ދަތިކުރުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއަށް ލިބެމުންދާ ގެއްލުމާ ގުޅިގެން އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުގެ ރައީސް ޖޯ ބައިޑަންއަށް ފާޑު ކިޔައިފިއެވެ.

Ads by Sosun Fihaara

އެމެރިކާއިން ރަޝިއާއާ މެދު އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިއާއިން ތެޔޮ އެތެރެނުކުރުން ހިމެނެއެވެ. ރަޝިއާއަކީ ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމެވެ. އެމެރިކާއިން ނިންމައިފައި ވަނީ ރަޝިއާއިން ތެޔޮ އެތެރެނުކޮށް ވެނެޒުއޭލާ އަދި އިރާނުން ތެޔޮ އެތެރެކުރާށެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން ތެލުގެ އަގު އެމެރިކާގައި މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެ ގޮތުން މިހާރު ގެލަނެއްގެ ހުރި 4.173 ޔޫއެސް ޑޮލަރުގެ އަގަކީ އެ ގައުމުގެ ތާރީޚުގައި ވެސް ތެލުގެ އަގު ދެވަނައަށް އެންމެ ބޮޑުވީ އަގެވެ.

މިކަމާ ގުޅިގެން ބައިޑަންއަށް ފާޑު ކިޔަމުން ޓްރަމްޕް ވަނީ "މިހާރު އަހަރެން މިސްވޭތޯ" ސުވާލުކޮށްފައެވެ. އަދި އެމެރިކާގެ މިފަދަ ނިންމުންތައް ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް ނިންމައިފައި ނުވާކަން ފާހަގަކޮށް ޓްރަމްޕް ބުނެފައި ވަނީ މިފަދަ ނިންމުންތަކުގެ ސަބަބުން އެމެރިކާ ނިކަމެތި ވާނެކަމަށެވެ.

ޓްރަމްޕް ބުނެފައި ވަނީ ވެނެޒުއޭލާއަކީ އެމެރިކާ ބޭނުންވާ ވަރަށް ތެޔޮ އުފެއްދޭ ގައުމެއް ވެސް ނޫން ކަމަށާއި އިރާނާއި ވެނެޒުއޭލާއިން ތެޔޮ އެތެރެކުރަން ނިންމި ނިންމުމަކީ މޮޔަ ނިންމުމެއް ކަމަށެވެ.

ރަޝިއާއަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ފިޔަވަޅު އެޅި ނަމަވެސް ތެޔޮ އެތެރެކުރުން ހުއްޓައިލުން ފަދަ ނިންމުންތައް ގިނަ ގައުމުތަކަކުން ނިންމައިފައެއް ނުވެއެވެ. އަދި ޔޫރަޕުން ކިތަންމެ ގިނަ ފިޔަވަޅެއް އެޅި ނަމަވެސް ރަޝިއާގެ އިގްތިޞާދީ ވަރުގަދަކަމާ އެކު އެ ގައުމުން ދަނީ ފަހަތަށް ނުޖެހި ހަނގުރާމަ ކުރަމުންނެވެ. އެ ގޮތުން ރަޝިއާއިން މިހާރު ވަނީ ޔޫކްރޭންގައި ހުރި ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓަށް ހަމަލާދީ އެތަން ގޮއްވައިލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!