ޚަބަރު ރައްޔިތުންގެ މަޖިލިސް

އޭސީސީއަށް އައްޔަންކުރުމަށް ފަސް ބޭފުޅުންނަށް ރުހުން ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުންގެ މަޤާމަށް ކުރިމަތިލެއްވި ފަސް ބޭފުޅުން އެ މަޤާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

Ads by Sosun Fihaara

އޭސީސީގެ ކުރީގެ މެމްބަރުން ކޮމިޝަނުން ވަކިކުރަން މަސައްކަތް ފެށީ އޮޑިޓް އޮފީހުން ހެދި، އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓަށް ބެލުމަށް ފަހުގައެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށް، އެ މެމްބަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެއާ އެކު، އެ ކޮމިޝަން އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

މިއަދުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ހުށަހެޅި ރިޕޯޓަށް ކޮންމެ ސިޔާސީ ޕާޓީއަކަށް ވަނީ ބަހުސް ކުރުމަށް ފުރުސަތު ދީފައެވެ.

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސް ނަން ފޮނުއްވެވި ފަސް ބޭފުޅުންނަކީ:

  • އާދަމް ޝާމިލް- ތ.ވިލުފުށި/ ރަތްވިލާގެ
  • އަބްދުއްސަލާމް- ށ.ނަރުދޫ/ހަވާ
  • ޠާހާ މުޙައްމަދު- އދ.މާމިގިލި/ ކަޅިހާރުގެ
  • ޝަޒްނާ ހާޝިމް- ހދ.ނޮޅިވަރަމްފަރު/ރިހިވިލު
  • ޝިޔާމާ މުޙައްމަދު- ރ.ހުޅުދުއްފާރު/ ނާރެސް

މި ބޭފުޅުންނަށް ލިބިފައިވާ ވޯޓުތަކަށް ބަލާއިރު އާދަމް ޝާމިލްއަށް ލިބިފައި ވަނީ 42 ވޯޓެވެ. އަބްދުއްސަލާމް އަށް 43 ވޯޓު ލިބިފައިވާ އިރު ޠާހާ މުޙައްމަދަށް ލިބިފައި ވަނީ 40 ވޯޓެވެ. އަދި ޝަޒްނާ ހާޝިމާއި ޝިޔާމާ މުޙައްމަދަށް ލިބިފައި ވަނީ 42 ވޯޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!