ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހުރީ ހަރުކަށި ފިކުރު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ އިންޑިއާއާ އެކު ހަދައިފައިވާ އެއްބަސްވުންތަކުގެ ހާޑު ކޮޕީ މެމްބަރުންނާ ހިއްސާ ކުރެވިފައި ނުވަނީ އެއްބަސްވުންތަކަކީ ދޭދޭ ގައުމުތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމަކަށް ވެފައި، އެއްބަސްވުމުގެ އެއްވެސް ބައެއް މީސްމީޑިއާގައި އާންމު ވެއްޖެ ނަމަ، ދެ ގައުމުގެ މަސްލަހަތަށް ބުރޫ އަރައިފާނެ ކަމަށް ކޮމެޓީއަށް ފެންނާތީކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
“ރައީސް ނަޝީދުގެ މިހާރު ހުރީ ހަރުކަށި ފިކުރު. ގާނޫނު އެކުލަވައިލީ 30 އަހަރު އެކަކު އަމިއްލައަށް ކަންކަން ނިންމާތީ ކަމަށް ބުނެ ހަޅޭއްފަޅޭއް ޖަހައިފައި. އެ ގާނޫނުގައި ބުނަނީ ސޮއި ކުރުމުގެ ކުރިން އެއްބަސްވުމަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަމަށް. އެ ނޫން ހާލަތެއްގައި އެއްބަސްވުން ވާނީ ބާތިލް” ސައީދު ވިދާޅުވެފައި ވެއެވެ.
އދ.މަހިބަދޫގައި ހުކުރު ދުވަހު ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގެން އިދިކޮޅު ލީޑަރު، ރައީސް ޔާމީން ދެއްކެވި ބައެއް ވާހަަކަފުޅުތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އުތުރުތިލަފަޅު އެއްބަސްވުން ނުވަތަ ޔޫޓީއެފް އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ޜައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަށް ދޮގުކުރައްވާ ކަމަށް ވިދާޅުވާ އިރު ތިޔަބޭފުޅުން ތިޔަ ހައްދަވާތެދު ހާމަނުކުރެވޭތީއާއި އެފަދަ ތެދެއް ހާމަނުކުރެވި މިސަރުކާރު މިއުޅެނީ ކީއްވެ ތޯ މީ އުފެދޭ ސުވާލެކެވެ ތެދެއް ބުނަނަން މިސަރުކާރަށް އަބަދުވެސް ދަތި އެކަމަކު ދޮގެއް ބުނަން ވަރަށް ފަސޭހަ.