ޚަބަރު

ނިއުމޯނިއާ ޖެހި ލަޔަކްގެ ހާލު ދެރަވާން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ބައްޔެއް ކަމަށްވާ ހާލެކްއަން އިކްތިއޯސިސް ތަހައްމަލް ކުރަމުންދާ ޔޫނުސް ލަޔަކް ފަރަހް ވަހީދަށް ނިއުމޯނިޔާ ޖެހި ހާލު ދެރަވާން ފަށައިފިއެވެ.

Ads by STELCO

“ދެން”އަށް މަޢުލޫމާތު ދެމުން ލަކަޔްގެ މަންމަ ހައްވާ އުލާ އިބްރާހީމް މިއަދު ބުނީ ލަޔަކްއަށް ނިއުމޯނިޔާ ޖެހިފައިވާ ކަމަށް އެ ރަށު ހޮސްޕިޓަލުން އަންގައިފައިވާ ކަމަށެވެ. އަދި ލަޔަކްގެ ހާލު މިހާރު ރަނގަޅު ނޫން ކަމަށާއި ހަންގަނޑު ވެސް މިހާރު ވަރަށް ބޮޑަށް އިންފެކްޓް ވެފައިވާ ކަމަށް ބުންޏެވެ.

“ޑޮންޓަރަށް ދެއްކީ ކުރިޔާ ހިލާފަށް މާ ޓަޔަރޑްކޮށް ލަޔަކް ހުންނާތީ. ދެއްކީމަ އެކްސްރޭއެއް ނެގީ. ނަގައިފައި ރަށުން ބުނީ ނިއުމޯނިއާ ކަމަށް. ހަންގަނޑު ވެސް ވަރަށް ބޮޑަށް އިންފެކްޓް ވެފައި ހުރީ. ކުރީގައި ހުރި ވަރުވެފައި ސްކިން އަށް ހުރީ މިހާރު”

ލަޔަކްގެ ހަންގަނޑު ވަރަށް ބޮޑަށް އިންފެކްޓްވެފައި

ލަޔަކްގެ މަންމަ ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި މިހާރު ލަޔަކްގެ ހަންގަނޑު އިންފެކްޓްވީ ވަރަށް ބޮޑަށް ރަނގަޅުވެފައި ހުއްޓާ ކަމަށް ލަޔަކްގެ މަންމަ ބުންޏެވެ.

“މިކޮޅުން ދައްކައިފައި އެމީހުންނަށް ކެނިއުލާ ނުގުޅިގެން އެންޓިބައޮޓިކް ނުފެށިގެން އެންމެ ފަހުން އޯރަލް އެންޓޮބައޮޓިކް ދިނީ. މިކޮޅުން ދެއްކީމަ ޑޮކްޓަރ ލަފާ ދެއްވީ ބޭރަށް ދާން. ސްކިން ވެސް ވަރަށް ބޮޑަށް ރަނގަޅުވެފައި ހުއްޓައި އިންފެކްޓް ވެގެން މިހާރު ހަމަ ކުރީގައި ހުރިވަރު ވެއްޖެ”

ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ މި ބަލި ތަހައްމަލް ކުރަމުންދާ ޔޫނުސް ލަޔަކްއަކީ މީހުންނާ ވަރަށް ގުޅޭ, ވަރަށް ހިތްވަރުގަދަ ކުއްޖެއް ކަމަށާއި ލަޔަކްއަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބޭ ކިއްޖެއް ކަމަށް މީގެ ކުރިން ލަޔަކްގެ މަންމަ “ދެން”އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ނިއުމޯނިއާއަކީ ނޭފަތުގެ ވައިގެ ނާރުތައް އިންފްލެމޭޓް ކޮށްލާ އިންފެކްޝަނެކެވެ. މި ބަލީގެ ސަބަބުން ކެއްސާ، ހުން އައިސް، ފިނިވުން އަދި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް މެދުވެރިވެއެވެ.

ނިއުމޯނިއާއަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް އޭގެ އަސަރު ކޮށްފާނެ ބައްޔެކެވެ. މި ބަލި ޖެހިގެން ކޮމްޕްލިކޭޝަންތައް ގިނަވަނީ ޅަ އުމުރުގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޒުވާން ކުދިންނަށް ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ޔޫނުސް ލަޔަކަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވައި މިދަތި އުނދަގޫ ޙާލަތުން އަވަސް މުސްތަޤުބަލެއްގައި ސަލާމަތް ކުރައްވާށިއެވެ. އާމީން!

Ads by HDC
  1. ށަވޔަނި

    މިކުއްޖާގެ ފޮޓޯފެނުނަސް ހާދަ ދެރައެއް ވެޔޭ

  2. ވިކިލީކުސް

    ޔޫނުސް ލަޔަކަށް މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވައި މިދަތި އުނދަގޫ ޙާލަތުން އަވަސް މުސްތަޤުބަލެއްގައި ސަލާމަތް ކުރައްވާށި އެވެ. އާމީން!