ޚަބަރު ސިޔާސީ

ބައިއިލެކްޝަން ކެމްޕެއިނަށް ރައީސް ނަޝީދު ކުރެންދުއަށް ވަޑައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޅ. ކުރެންދޫ ކައުންސިލްގެ ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެންދުއަށް ވަޑައިގެންފިއެވެ.

Ads by STELCO

ކުރެންދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބާއްވާ ބައިއިލެކްޝަން އޮންނާނީ މި މަހުގެ 26ވަނަ ދުވަހުއެވެ.

މި އިންތިހާބުގައި ވާދަކުރަނީ އެމްޑީޕީގެ ކެނޑިޑޭޓް ޅ. ކުރެންދޫ/ ރީހުއްސަބާ، އަލީ ނަސީމާއި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އަދި ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި އިސްމާއީލް މަދީހެވެ.

އެމްޑީޕީ ކެނޑިޑޭޓް ކެމްޕެއިން ޖަލްސާ މިރޭ އެ ރަށުގައި ބާއްވާއިރު މި ޖަލްސާގައި އެ ޕާޓީގެ ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކުރެންދޫގެ ކައުންސިލް ރައީސަކު ހޮވުމަށް ބައިއިލެކްޝަން ބާއްވަނީ އެ ކައުންސިލްގެ ރައީސަކަށް ކުރިން ހުރި އެމްޑީޕީގެ ކައުންސިލަރު އިބްރާހިމް ސިމާއު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

  1. އެކޮއި

    މިގައުމު ހަލާކުކޮއްލުމާ މިގައުމު ފިތުނަ ކުރުމާ މިގައުމު އަދަވަޅަކައް ވައްޓާލީވެސް ނަސީދު