ޚަބަރު

މާހެފުމަކީ ބިދުޢައެއް ނޫން: ޒަައިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޝެއިޚު އަލީ ޒައިދު

ރަމަޟާން މަހާ ދިމާކޮށް "މާހެފުން" އެއީ ބިދުޢައެއް ނޫން ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރޯދަ މަސް ކައިރިވުމުން، މާހެފުމުގެ ހަރަކާތްތައް ބޭއްވުމަކީ ދިވެހީންގެ ދުވަސްވީ އާދައެކެވެ.

މިއީ އަހުލުކިތާބީން ގެންގުޅުނު އާދައެއް ކަމަށާއި، ރަސޫލާ(ސ.އ.ވ)ގެ އަސްހާބު ބޭކަލުން މިކަން ކުރައްވައިފައި ނުވާތީ، މާހެފުމަކީ ބިދުޢައެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ޝެއިޚު ޒައިދު ވިދާޅުވެފައި ވަނީ މާހެފުމަކީ ދިވެހިން ސަގާފީ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެެވެ.

"ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާއި މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫން." އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން، ރޯދަ މަހުގެ އެންމެ ފުރަތަމަ ދުވަހަކީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހެވެ. ރޯދަ މަހަށް ހަނދު ސާބިތުކުރުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

Ads by HDC
  1. އަދުރޭ

    މިމީހުންދައްކާ ވާހަކަތައް ދިމާކުރަން ދަތި މާހެފުން އޯކޭ އެވޯޑު ނައިޓް ބިދުއަ ދެސަޙުންގެ ރައުޔު ތަފާތު ވެ ވޮހުތާނެއް ގޮތައް ވެއްޖެ

  2. އަލީ ބިން ޔޫސުފް

    ޒައިދޫ ކަލެއަށް ބިދްޢަ ނުވެސް އިގޭނެއެވެ. ތިޔައީ ދީނޭ ކިޔައިގެން ވާހަކަ ދެއްކޭ ފެންވަރުގެ މީހެއްނޫނެވެ. ސެޓްފިކެޓަކީ މިޒަމާނުގައި ވަރަށް ހެޔޮ އަގުގައި ގަންނަންވެސް ލިބޭ އެއްޗެކެވެ. ކަލެއަށް މައުލޫދާއި, ފޮތްފޮށި ކިޔެވުމާއި, ނަދުރުބުނުމާއި, ފާތިހާ ކިޔެވުމާއި މިހެންގޮސް އެތަށް ކަމެއް ސަގާފަތަށް ވައްދައިގެން ހުއްދަވާނެއެވެ. ޢަދި ދުވަސްކޮޅަކުން ވާޖިބަކަށްވެސް ހަދާނެއެވެ. ތިޔަކަހަލަ ޝޭއިޚުންގެ ވާހަކަވެސް އޮތީ އަންގަވާފައެވެ.