ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށް އިންތިއަށް ވޯޓުދީ: ބޮންޑެ

ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށް ޓަކައި ، އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަށް ވޯޓު ދެއްވުމަށް، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު(ބޮންޑެ) އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މެއި މަހުގެ 1 ވަަނަ ދުވަހުއެވެ. މި އިންތިޚާބުގައި އިންތިއާ ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ދެ ކެނޑިޑޭޓުން ވެސް ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ.
އިންތިއަށް ތާއީދު ކުރައްވާ ބޮންޑެ ވިދާޅުވީ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރު ނުކުމެ ވަޒީރު ބޮޑުގިފިލިކުރަން ގުއިވަޅު ޖަހައިދޭން ޖެހޭ ހިސާބަށް ކަންތައް މުޑުދާރުވުމުން ރައްޔިތުންގެ ބާރުވެރިކަމާއި އިންސާފު ގެއްލިދާ ކަމަށެވެ. އަދި ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށް އިންތިއަށް ވޯޓު ދޭން ޖެހޭ ކަަމަށް ވެސް ވިދާޅުވިއެވެ.
ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ އިންތިއަކީ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް ބޭފުޅެކެވެ. އަދި ފައްޔާޒަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުން ވާދަކުރައްވާ ކެނޑިޑޭޓެވެ.
ރައިއަތުންގެ ބޮލަށް ކަނޑާނުލާ ކަށިން ހިއްވަރުނެރެ ބުރަކޮއް މަސަށްކަށް އިންތިހާބު ކާމިއާބުކުރުން މުހިންމީ
ކޯޗެއް ނުބޮވިގެންތިއުޅެނީ؟؟؟؟
އިންތިއަކީޚުދުމުޚުތާރުމީހެއް