އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިވެހީން ގަބޫލުކުރާ އުސޫލުތައް މުގުރާލާ: ރައީސް ޔާމީން
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު، އެއްވެސް އުސޫލެއް ނެތި ކަންކަން ކުރުމަށް ފުރުސަތުދޭ ކަމަށް އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް ވިސާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ ޅ.ކުރެންދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ޒަމާނުއްސުރެ، ރާއްޖެ ގަބޫލު ކުރާ އުސޫލުތައް ބަދަލު ކުރުމުގެ މަސައްކަތް ފަށައިގެން އުޅެނީ، މިހާރު ވެރިކަން ކުރައްވާ ބޭފުޅުން ކަމަށެވެ. އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ވެސް މިކަން ފެނިގެން ދިޔަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިދެންނެވި ތިން އަސާސަށް ބަލައިފި ކަމަށް ވަންޏާ، ދިވެހިރާއްޖެއަކީ އަމިއްލަ ވެރިކަމެއް އޮންނަން ޖެހޭނެ، މިނިވަން މުސްތަގިއްލު ގައުމެއްތޯ ކުރާ ސުވާލު، ރާއްޖޭގައި އޮންނަންވީ އިސްލާމްދީންތޯ، ނޫނީ އެހެންދީންތަކަށް ޖާގަ ލިބޭނެތޯ، ނޫނިއްޔާ މިއާ ގުޅިގެން އަންނަ ސުވާލަކީ ރާއްޖޭގައި މީހުން އުޅޭއިރު، އެމީހުންނަށް ހައްދެއް ނެތި، އެމީހުން ކުރަން ބޭނުންވާ ކަމެއް ކުރުން، ނޫނިއްޔާ އެއްވެސް އުސޫލެއް ނެތި، ކަންކަން ކުރަން ޖާގަ ލިބޭތޯ." ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީން ކޮންމެ ފަހަރަކުވެސް ވެރިކަން ހޯދަން ބޭނުންވުމުން މޮޅު ވާހަކަތަކެއް ދައްކައެެވެ. އެހެން ނަމަވެސް، ބާރުތައް ލިބުމުން އެޕާޓީން ހުރިހައި އުސޫލުތަކެއް މުގުރައިލުމަށް ފަހު، ވެެރިކަން ކުރަނީ އެންމެ ހުދުމުޚުތާރުކޮށް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ 2008ވަނަ އަހަރު އެމްޑީޕީއަށް އެންމެ ފުރަތަމަ ވެރިކަން ލިބުމުން ވެސް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި ކަމަށާއި، މިހާރު އެކަން ކުރަމުންދަނީ އެއަށް ވުރެ ފާޅުކަން ބޮޑު ގޮތަކަށް ކަމަށެވެ.
ޢެއީތިމާނޫންއެހެންހުރިހައިލީޑަރުންހައްޔަރުކުރުމާ އަމިއްލަގެއަށްހަލާލުނޫންފައިސާއެއްދުންތޯއެވެ
އެމް،ޑީ،ޕީ އައް ވެރިކަން ލިބުނީމަ ރާއްޖެތެރެ ތަރައްގީވާތީ މަނިކުފާނު މޭކަރާތީ ތިޒާތުގެ ވާހަކަ ތިދެއްކެނީ…
އަޅެ އިންޑިއާއޭ ރަޟިޔާއޭ ނުކިޔަ ރައްޔިތުންނައް ފައިދާކުރަނިވި ކަންކަމައް ސަރުކާރައް ޕްރެޟަރ ކޮއްބަލަ.. ބިންހިއްކަދޭށޭ، ފުލެޓުއަޅާދޭށޭ ކިޔާ ސަރުކާރައް ޕްރެޟަރ ކޮއްބަލަ.. މިއަދުގެ ސަރުކާރައް ޑިމާންޑް ކޮއްބަލަ ސިއްޙީ ކަންކަން ރަނގަޅުކުރުމައް… އިދިކޮޅު ޕާޓީއެއްގެ ޒިންމާ އަދާކޮއް ތައްޔިތުންގެ ތާއީދު ހޯދަބަލަ….