ދުނިޔެ

ލަންކާގައި ތެޔޮ ގަންނަން ކިޔޫގައި ތިއްބައި 2 މީހަކު މަރުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީލަންކާގައި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ތެޔޮ ގަންނަން ދިގު ކިއޫއެއްގައި މަޑުކޮށްލައިގެން ތިބި ދެ މީހަކު ސްރީލަންކާގައި މަރުވެއްޖެއެވެ.

Ads by Sosun Fihaara

ކޮލަމްބޯގެ ފުލުހުންގެ ތަރުޖަމާނު ނަލިން ތެލްދުވާ އާދީއްތަ ދުވަހު ބުނީ ކިޔޫގައި ތިއްބައި މަރުވި އެކަކީ 70 އަހަރުގެ ޑްރައިވަރެއް ކަމަށާއި އޭނާ އަކީ ޑައިބެޓިކް އަދި ހިތުގެ ބަލިމީހެއް ކަމަށެވެ. މަރުވި ދެވަނަ މީހާއަކީ 72 އަހަރުގެ މީހެއް ކަމަށާއި ދެ މީހުން ވެސް ތެޔޮ ގަންނަން ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ކިޔޫގައި މަޑުކޮށްލައިގެން ތިބީ ކަމަށް ތެލްދުވާ ބުންޏެވެ.

ސްރީލަންކާގެ ރައްޔިތުން ތެޔޮ ގަންނަން ކިޔޫ ހަދައިގެން އެތައް ގަޑިއިރެއް ވަންދެން ކިޔޫގައި ތިބެން ޖެހިފައި ވާއިރު، މިއީ އެ ގައުމުގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު އިގުތިސޯދީ ކާރިސާކަމަށް ސްރީލަންކާ ރައްޔިތުން ދަނީ ބުނަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަފްތާ ބަންދުގައި ކައްކާ ގޭސް ގަތުމަށް އަވީގައި ކިޔޫ ހަދައިގެން ގިނައިރުތަކެއް ވަންދެން ކޮޅަށް ތިބި ގިނަ އަންހެނުންތަކެއް ވެސް ވަނީ ހޭނެތިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!