ރަށްރަށުގެ އިންޗާޖުންގެ ގޮތުގައި ތިބޭނީ ރަށުން ބޭރު އޮފިސަރުން: އިމްރާން

ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައި އިންޗާޖުންގެ ގޮތުގައި ހަމަޖައްސައިފައި ތިބޭނީ ރަށުން ބޭރު އޮފިސަރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައި އެ ރަށެއްގެ ފުލުހުން ތިބުމުން އަދުލު އިންސާފު ގާއިމްކުރުމާ ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ކޮންމެ ރަށެއްގެ ވެސް ސްޓޭޝަންގެ އިންޗާޖަކަށް ރަށުން ބޭރު އޮފިސަރެއް ހުންނަ ގޮތަށް ހަމަޖެހިގެން ދިޔުމަކީ މިހާރުގެ ސިޔާސަތު ކަމަށެވެ. އެހެން ނަމަވެސް ދެން ތިބޭ އޮފިސަރުންގެ ތެރެއިން ވީހައި ވެސް ގިނަ އަދަދެއްގެ އޮފިސަރުންނަކީ ރަށުގެ އޮފިސަރުން ކަމަށް ހެދުމަކީ އެކަމަށް ހިތްވަރުދޭ އަދި މަސައްކަތް ކުރާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފުލުހުންނަކީ ގާނޫނު ތަންފީޒުކުރާ ބަޔަކަށް ވާތީ އެކަމުގައި ބައެއް ކަހަލަ ގޮންޖެހުންތައް ދިމާވާ ކަމަށެވެ. އަދި އެންމެ އެދެވޭ ގޮތަށް ފުލުހުން ރަށްރަށަށް ބެހުމުގައި ގޮން ޖެހުންތައް ކުރިމަތިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.
އިންޗާޖުންނައް އިންޑިއާފުލުހުންމާރަގަލުވާނެ