ޕާޓީއާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލުނަ ނުދެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުން އެދިވަޑައިގެންފިއެވެ.
ހަސަން ލަތީފް މިފަދައިން ވިދާޅުވީ އެމްޑީޕީގެ އިސް އެއް އެކްޓިވިސްޓު ކަމަށްވާ ޝައްމޫން ޖަލީލު (ލޫކަސް ޖަލީލު) ކޮށްފައިވާ ޓްވީޓަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ އެކައުންޓުން ބޭއަދަބީކޮށް ޓްވީޓެއް ކުރެެއްވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ހަސަން ލަތީފް ވިދާޅުވީ ކުރާ ނުރަނގަޅު ކަންކަން މަތިޖެހުމަށް ނުވަތަ ފޮރުވުމަށް ފަހަރަކު މުއައްސަސާއެއް, ބޭނުން ކުރުމުން މުޅި ދައުލަތާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމަށެވެ. އަދި އެހެން ނުހެއްދެވުމަށް ހަސަން ލަތީފް ވަނީ ރައީސްއަށް ގޮވައިލައްވައިފައެވެ.
“ޕާޓީއާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލުނަ ނުދެއްވާ” ލަތީފް ވިދާޅުވިއެވެ.
އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން މިއަދު ބޭއަދަބީ ޓްވީޓެއްކޮށްފައި ވީނަމަވެސް އެކަން ކޮށްފައި ވަނީ ޢަލީ ޒާހިރު ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެކަން ކޮށްފައި ވަނީ އޭނާގެ އެކައުންޓް ހެކްކޮށްގެން ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
ޕާޓީގެމެންބަރެއްގެހައެސިއްޔަތުންބނެވޭނީހަސަނަކީފޭލިއާއެކޭ
ލަތީފު އަލުން ކިޔަވަންދާންވީނު…ދައުލަތާ ސަރުކާރާ މިއީ 2 މާނައެއްތަ؟